Wednesday, 9 September 2026
Ads by

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސުލްޖުްމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ކުރިފުޅުމަތީގައެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކުލަވާލި އެއްބަސްވުންތަކަކަކީ:

  • ފަތުރުވެރިކަމުގެ ސިނާއަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުން.
  • އަރްޝީފްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.
  • މުދައްރިސުންނާއި ސުކޫލުތަކުގެ ލީޑަރުން ތަމްރީނުކުރުމާއި ފަންނީ ކުރިއެރުވުމުގެ އެއްްބަސްވުން.

މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމްއެެވެ. އަދި ސްރީލަންކާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިންގ މިނިސްޓަރު ވިޖިތް ހެރަތުއެވެ.

  • ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުން.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިންގ މިނިސްޓަރު އިރުތިޝާމް އާދަމްއެެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ސުނިލް ކުމާރަ ގަމަގޭއެވެ.

  • ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުން.

ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދެވެ. ސްރީލަންކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ޑިފެންސް އިން ސްރީލަންކާ ސަމްޕަތު ތުޔަކޮންތާއެވެ.

  • ދިފާއި ދާއިރާއިން ތައުލީމާއި ތަމްރީނާއި މި ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުން.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވީ ޖެނެރަލް ސަރ ޖޯން ކޮތަލަވެލަ ޑިފެންސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ދައްމިކަ ކުމާރައެވެ.

  • އިލްމީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސަލަރ ޕްރޮފެސަރ އިންޑިކާ އެމް ކަރުނާތިލަކައެވެ.

ސްރީލަންކާއަކީ ދިވެހިންނާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމަކަށްވީއިރު މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން މިހާރަށްވުރެ ބޮޑަށް ބަދަހިވެ، އެކި ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ރައީސް މުޢިއްޒުގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި