Ads by
ޚަބަރު
ރިޔާސީ އިންތިހާބުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން މަސައްކަރްކުރާ އިރު، ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.

Ads by Eki Online

“އޮޕަރޭޝަން ބްލޫ ވޭވް”ގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޚާބުގެ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އަހުމަދު މުސްލިމް ވިދާޅުވީ އޮޕަރޭޝަން ކުރިއަށްދާއިރުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިސަރުން ހަރަކާތްތެރިވާ އިރުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

އަދި މިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވާނެ ކަމަށާއި، ބޮޑީވޯން ކެމެރޭ ބޭނުންކުރާ އިރު ބޭނުންކުރާނީ އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންގެ ގާނޫނާއި، ފުލުހުންގެ ގަވާއިދުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ޕެރެމީޓާތަކާއި މިންގަނޑުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *