Saturday, 24 October 2026
Ads by

މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައިދިނުމަކީ އަމާޒެއް: އެމްއެމްބީސީ

މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައިދިނުމަކީ އަމާޒެއް: އެމްއެމްބީސީ

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.

Ad Image
Ads by

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ​މި އަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރާއިރު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 108 ކަމަށާއި އެ ދަރަޖަ މަތިކުރަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ ”ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްގުތަކާއި، ތަރައްގީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން“އެވެ.

އެމްއެމްބީސީން ބުނީ މި ޝިއާރަށް ފިކުރު ހިންގާއިރު، ގަބޫލުކުރަންޖެހޭ އަސާސީ އެއް ހަގީގަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫންކަމަށާއި އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއްކަމަށެވެ. އަދި އެއީ އިންސާނީ ހައްގުތަކުގެ ދިފާއީ އައްޑަނައިގެ އިތުރުން ތަރައްގީގެ ފެހި މަގުތައް ކޮށައިދޭ އުސޫލުތަކެއްކަމަށެވެ.

އެމްއެމްބީސީން ބުނީ މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެ ކޮމިޝަންގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއޮ ނޫސްވެރިންގެ ރައްކާތެރިކަމާއި، ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީވެސް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެމްއެމްބީސީން ވަނީ މައުލޫމާތު ފެތުރުމުގައި، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް މީޑިއާތަކަށް ހަނދާންކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި