Wednesday, 9 September 2026
Ads by

ގިނަބައެއްގެ އެދުމުގެ މަތިން ދާރުލްއާސާރު ހޮނިހިރު ދުވަހު ހުޅުވާފައި ބަހައްޓަން ނިންމައިފި

ގިނަބައެއްގެ އެދުމުގެ މަތިން ދާރުލްއާސާރު ހޮނިހިރު ދުވަހު ހުޅުވާފައި ބަހައްޓަން ނިންމައިފި

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ގިނަބައެއްގެ އެދުމުގެ މަތިން ގައުމީ ދާރުލްއާސާރު ހޮނިހިރު ދުވަހު ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ގައުމީ ދާރުލްއާސަރު ހުޅުވާފައި ހުންނަ ދުވަސްތައް އިތުރު ކުރުމަށާއި، ދާރުލްއާސާރަށް ވަދެވޭ ގަޑިތައް އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ.

އެހެންކަމުން ގިނަބައެއްގެ އެދުމުގެ މަތިން، މަޝްވަރާކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ހުރުމުގެ އިތުރުން ދާރުލްއާސާރަށް ވަދެ އެތަނުގައި ހުރި ބައެއް ކަހަލަ ކަންކަން ބަލައި ދިރާސާކޮށް، ކިޔަވާ ކުދިންނަށާއި ރައްޔިތުންނަށް ވަދެވޭ ގޮތަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ ހޮނިހިރު ދުވަހު ދާރުލްއާސާރު ހުޅުވަން ފަށާނީ މި މަހުގެ 18 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

”އެކި ފަރާތްތަކުން އެދިވަޑައިގަންވާ ގޮތުގެ މަތިން ވީހާވެސް ގިނަ ބޭފުޅުންނަށް ގައުމީ ދާރުލްއާސާރަށް ވަދެ އެތަނުގައި ހުރި ބައެއް ތަންތަން ބަލައި ދިރާސާކޮށް، ކިޔަވާ ކުދިންނަށާއި ރައްޔިތުންވެސް ބޭނުންވާ ގަޑިތަކުގައި ވަދެވޭނެ ގޮތް ހެދުމުގެ ގޮތުން ކޮންމެ ހޮނިހިރު ދުވެހެއްގެ ވެސް ހެނދުނު 10 އަކުން ހަވީރު 4 ކަށް، 18 މޭ އިން ފެށިގެން އަޅުގަނޑުމެން ކޮންމެ ހޮނިހިރު ދުވަހެއްގަ ދާރުލްއާސާރު ހުޅުވާފަ މީހުންނަށް ވަދެވޭނެ ގޮތައް ބެހެއްޓުމަށް މިހާރު ވަނީ ނިންމާފަ،“ – މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 21:00 ނުވަތަ 22:00 އާއި ހަމައަށް ދާރުލްއާސާރަށް ވަދެވޭނެ ވަގުތު އިތުރު އިތުރުކޮށްދިނުމަށް ވެސް ގިނަ ބަޔަކު އެދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ހީނާ އިތުރަށް ވިދާޅުވީ، ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު ވަގުތު އިތުރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތްތައް ނިމުނުހައި އަވަހަކަށް ރޭގަނޑުގެ ވަގުތުގައި ދާރުލްއާސާރަށް ވަދެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި