Wednesday, 9 September 2026
Ads by

ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު، ސާފުކުރެވުނީ އެންމެ 1 އިންސައްތަ!

ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު، ސާފުކުރެވުނީ އެންމެ 1 އިންސައްތަ!

68 މިލިއަން މެޓްރިކް ޓަނުގެ ގާތަކާއި ކުނިބުނީގެ ދަށުގައި 8،000 މީހުންގެ ހަށިގަނޑު ތާށިވެފައިވާއިރު، ޣައްޒާ އަދިވެސް އޮތީ ހުޅުވިފައިވާ ކަށްވަޅެއްގެ ގޮތުގައެވެ. އދ. އަދި އެހެނިހެން ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، ހަމައެކަނި އެ ސުންނާފަތިވެފައިވާ ތަންތަން ސާފުކުރުމަށްވެސް ހަތް އަހަރު ނަގާނެއެވެ. (އޭއޭ ނޫސް)

ދެ އަހަރު ވަންދެން ނިރުބަވެރި އިޒްރޭލުން ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގި ނަސްލުހޭދުގެ ސަބަބުން މުޅި ސިޓީ ސުންނާފަތިވެފައިވާއިރު، އެތައް ހާސް ބައެއްގެ ހަށިގަނޑު އަދިވެސް ވަނީ ބިމާހަމަކުރެވިފައިވާ އިމާރާތްތަކުގެ ދަށުގައެވެ. އދ. ގެ އޮފިޝަލަކާ ޙަވާލާދީ އިޒްރޭލުގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ ކޮންކްރީޓްތަކުގެ ދަށުގައި ފަލަސްޠީނުގެ 8،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު އަދިވެސް ތާށިވެފައި އެބަހުއްޓެވެ.

Ad Image
Ads by

ސާފުކުރުމަށް 7 އަހަރުގެ މުއްދަތެއް
ސުންނާފަތިވެފައިވާ މިންވަރު ބޮޑުކަމުން، މީހުން ހޯދުމުގެ ލޮޖިސްޓިކް މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. ’ހާރެޓްޒް‘ ނޫހުން އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އޮފިޝަލަކާ ޙަވާލާދީ ބުނެފައިވަނީ، މިހާތަނަށް ސާފުކުރެވިފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ އެންމެ 1 އިންސައްތަ ކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ ލަސް މިނުގައި ބަލާނަމަ، މުޅި ސަރަޙައްދު ސާފުކޮށް މީހުންގެ ހަށިގަނޑުތައް ނެގުމަށް 7 އަހަރު ދުވަސް ނަގާނެކަމަށް އދ. އިން ލަފާކުރެއެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސުން ބުނާގޮތުގައި، އެމީހުންގެ އަތުގައި ބޮޑެތި އެކްސްކަވޭޓަރު ފަދަ މެޝިނަރީއާއި ތެޔޮ ނެތުމުގެ ސަބަބުން މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މިއާއެކު، އެތައް ހާސް ޢާއިލާތަކުން ދަނީ އެމީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުތައް ފެނި ރަނގަޅު ގޮތުގައި ވަޅުލެވޭނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

ފުނޑުފުނޑުވެފައިވާ ބިނާތައް
އދ. އިން ލަފާކުރާ ގޮތުގައި އިޒްރޭލުގެ ދެ އަހަރުގެ އަސްކަރީ ކެމްޕޭންގައި ޣައްޒާގެ ޢާންމު ބިނާތަކުގެ 90 އިންސައްތަ ވަނީ އެއްކޮށް ފުނޑުފުނޑުކޮށްލާފައެވެ. އަދި އަލުން ޣައްޒާ އާރާސްތުކުރުމަށް މެކްރޯއިކޮނޮމިކް ގޮތުން 70 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އޮކްޓޯބަރު 2025 ގައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އިޒްރޭލުން ދަނީ މެދުނުކެނޑި އެއްބަސްވުމާ ޚިލާފުވަމުންނެވެ. ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުގައި، ދެ އަހަރު ވަންދެން މެދުކެނޑުމެއްނެތި އިޒްރޭލުން ހިންގި ނަސްލުހޭދުގައި 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ 172،000 މީހުންނަށް އަނިޔާވެފައިވާއިރު، ޙަމަލާދިނުން ހުއްޓާލުމަށް ވި އެއްބަސްވުމަށްފަހު އަނިޔާވެރި ޔަހޫދީ އިސްތިއުމާރުން ދިން ޙަމަލާތަކުގައި އިތުރު 820 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މިކަމުގެ ސަބަބުން ސާފުކުރުމުގެ މަސައްކަތްތައް ވަނީ އިތުރަށް ލަސްވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި