Wednesday, 9 September 2026
Ads by

ދޮގު ޚަބަރުތަކާއެކު މަގުތައް ހަލަބޮލިކުރާއިރު، ކަމާއިބެހޭ ފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހަމައިސްކޮޅަށް ތެދުވަންޖެހޭ: މުޙައްމަދު

ދޮގު ޚަބަރުތަކާއެކު މަގުތައް ހަލަބޮލިކުރާއިރު، ކަމާއިބެހޭ ފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހަމައިސްކޮޅަށް ތެދުވަންޖެހޭ: މުޙައްމަދު

ވިލިމާލެ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު އިސްމާއިލް

ސިޔާސީ ބައެއް ލީޑަރުންގެ އަމިއްލަ މަންފާއަށްޓަކައި ރާއްޖޭގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ވިދާޅުވެ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ގޮވާލައްވައިފިއެވެ.

Ad Image
Ads by

މެންބަރު މުޙައްމަދު އިސްމާއިލް މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބައެއް ސިޔާސީ ލީޑަރުން އެބައިމީހުންގެ އަމިއްލަ އަންބޮނޑި ބޮޑުކުރުމުގެ ބޭނުމުގައި، ނޫސްމަޖައްލާތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން މީސްމީޑިއާ އާއި ޕާޓީތަކުގެ އެކްޓިވިސްޓުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

ޚާއްޞަކޮށް މާލޭގެ މަގުތަކުގައި އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒާތުފުޅަށް ނިސްބަތްކޮށް ބުހުތާނު ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް މުޙައްމަދު އިސްމާއިލް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ އަމަލުތައް ހިންގަމުންދާއިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ހިމޭނުން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މެންބަރު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހަމައިސްކޮޅަށް ތެދުވުމަށް ބާރުއަޅުއްވާފައެވެ.

”ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހަމައިސްކޮޅަށް ތެދުވަންޖެހޭ،“ މެންބަރުގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

މުޙައްމަދު އިސްމާއިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިނިވަން މުއައްސަސާތަކަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށް، ދޮގު ޚަބަރު ފެތުރުމާއި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓުވަން ޖެހެއެވެ.

މި ފަހަކަށް އައިސް ސިޔާސީ މަސްރަހުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ބައެއް ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުންވެސް ޚުދު ރައީސްވެސް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި