Sunday, 25 October 2026
Ads by

ތައުޙީދުގެ ސަބަބުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ: ޚުޠުބާ

ތައުޙީދުގެ ސަބަބުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ: ޚުޠުބާ

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:މިނިސްޓަރު ޝަހީމް

ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

ނަބަވީ ސުންނަތާއި ތައުޙީދުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނެފައިވަނީ މާތް ﷲ އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަޞްލު ކަމަށެވެ. އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ޙާޞިލްކޮށްދެއްވުމަށް ކަމަށެވެ.

ކީރިތި ރަސޫލާ ﷺ ތައުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށާއި އެންމެ ފުރިހަމަ ގޮތުގައި ތައުޙީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވި ކަމަށެވެ. އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް ﷲ އެެއްކައުވަންތަ ކުރުން ކަމަށެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ޢަމަލު ކުރެއްވި ފަދައިން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ޚުޠުބާގައި ބުނީ މާތް ﷲ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށާއި ޙަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަ ކަމަށް ހެކިދޭ ކަމަށެވެ.

”މުސްލިމް އަޚުންނޭވެ! އުޑާއި ބިން އުފެއްދެވުމާއި، ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލު ކޮށްދެނީ ޚަލްޤުތަކުން ޚަލްޤުކުރެއްވި ޚާލިޤަކު ވާކަމެވެ. އަދި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަމެވެ.“

މިއަދުގެ ޚުޠުބާގައި ބުނެފައިވާ ގޮތުގައި ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ އަށް އަދާކުރަން ޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާންކުރައްވާފައި ކަމުގައެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ”އޭ މުޢާޒެވެ. ކަލޭގެފާނަށް އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤުތަކާއި، އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްްޤުތައް އެނގިވަޑައިގަންނަވާތޯއެވެ؟“ ތިމަން ދެންނެވީމެވެ. ތިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި އެކަލާނގެ ރަސޫލާއެވެ. ޙަދީޘް ކުރެއްވިއެވެ. ”އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤަކީ، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެއްވެސް އެއްޗަކާ އެކަލާނގެ އާއި ޝަރީކު ނުކުރުމެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހަކަށް ޢަޒާބު ނުދެއްވުމެވެ.“ ތިމަން ދެންނެވީމެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ. ތިވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ތިމަން ދެއްވަންތޯއެވެ! ޙަދީޘް ކުރެއްވިއެވެ. ”ނޫނެކެވެ. އެޚަބަރު ނުދެއްވާށެވެ! އޭރުން އެމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފާނެތެވެ.“

އިސްލާމް ދީނުގެ އަސާސަކީ ތައުޙީދުކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މި ދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީން ކަމަށެވެ. އެކަލާނގެ ޤަބޫލު ކުރައްވާ ހަަމައެކަނި ދީން ކަމަށެވެ.

ކީރިތި ރަސޫލާ ﷺ މައްކާގައި 13 އަހަރު ހޭދަ ކުރެއްވީ، މި ދީނުގެ އަސާސް ކަމުގައިވާ ތައުޙީދަށް ގޮވައިލެއްވުމުގައި ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި