Sunday, 14 July 2024
Ads by

އެޗްޑީސީން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި ސަނަދު ހަވާލުކޮށްފި

އެޗްޑީސީން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި ސަނަދު ހަވާލުކޮށްފި

އެޗްޑީސީން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި ސަނަދު ހަވާލުކުރުން - ފޮޓޯ:އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ ހަވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އެޗްޑީސީން ބުނީ މި ޕްރޮގްރާމުގެ ތެރެއިން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ތަމްރީނުވުމުގެ ފުރުސަތު ހޯދައިދީފައިވާ ކަމަށެވެ. މިއަހަރު ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި، 75 ބައިވެރިން ވަނީ ސަނަދު ހާސިލުކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެންއޭޕީ) ގެ ގައިޑްލައިނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ދީފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެކެވެ.

އެޗްޑީސީން ބުނެފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ހެވީވެހިކަލް، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއިން ބައިވެރިން ތަމްރީނު ކުރެވުނު ކަމަށެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދެވިފައިވާ ކަމަށާއި އެލަވަންސް ދިނުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފައިސާގެ އެހީތެރިކަން ވަނީ ލިބިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުޞަތުތަކެއް ހުޅުވާލައި ނެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމުގައެވެ. އޭގެއިތުރުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީނު ކުރުމާއި ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، ޢަމަލީ މަސައްކަތްތައް ދަންނަ ގާބިލު ބަޔަކަށް ހެދުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލު ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެޗްޑީސީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީން ބުނެފައިވަނީ މި ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
358230_17f4375f-3_
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި
359112_efc4c2b7-9_
މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
AP24125045591180-1717571401
"ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަކީ އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް"
big_0UiZdrmV5dCZSFz
ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު 9 ލައްކައަށް
Ads by
މަގުބޫލު
359112_efc4c2b7-9_
މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
big_0UiZdrmV5dCZSFz
ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު 9 ލައްކައަށް
345663_304e6724-f_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން މަކުނުދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
359112_efc4c2b7-9_
މޯދީ ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
big_0UiZdrmV5dCZSFz
ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންގެ އަދަދު 9 ލައްކައަށް
345663_304e6724-f_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން މަކުނުދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި