Sunday, 26 July 2026
Ads by

ސިޓީސް މިނިސްޓްރީގެ ހުރިހާ ޒިންމާއެއް ފިނޭންސް މިނިސްޓްރީގެ ދަށަށް

ސިޓީސް މިނިސްޓްރީގެ ހުރިހާ ޒިންމާއެއް ފިނޭންސް މިނިސްޓްރީގެ ދަށަށް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ފަހުން ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު ސިޓީސް މިނިސްޓްރީ އުވާލެއްވުމުން، އެ މިނިސްޓްރީގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރައްވައިފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި ބަދަލު ގެންނެވީ، ސަރުކާރުގެ ހުރިހާ އޮފީސްތަކެއް އެންމެ ބޮޑަށް ގުޅިފައި އޮންނަ މިނިސްޓްރީއަކީ ފިނޭންސް މިނިސްޓްރީ ކަމަށްވުމާއެކު، ކައުންސިލްތަކުގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވުމަށް އެންމެ މުނާސަބު މިނިސްޓްރީއަކީ ފިނޭންސް މިނިސްޓްރީ ކަމަށްވާތީއެވެ.

ރައީސްގެ މި ނިންމެވުމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ ހައިސިއްޔަތުން ކައުންސިލްތަކުގެ ކަންކަމާ ސީދާ ޒިންމާވެވަޑައިގަންނަވަން ޖެހޭނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ޒިންމާ މިހާރު މަތިކޮށްފައިވަނީ ވެސް ފިނޭންސް މިނިސްޓްރީއަށެވެ. އެހެންކަމުން ސިޓީސް މިނިސްޓްރީއަށް މީގެ ކުރިން ފޮނުވަމުންދިޔަ ހުރިހާ ރަސްމީ ލިޔެކިޔުންތަކެއް މީގެ ފަހުން ފޮނުވަންޖެހޭނީ ސީދާ ފިނޭންސް މިނިސްޓްރީއަށެވެ.

މި ބަދަލު ގެންނެވި ނަމަވެސް ގާނޫނީ ގޮތުން އެއްވެސް ހުސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ދީފައެވެ.

މީގެ އިތުރުން ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލްތައް އުވައިލުމުން އެތަންތަނުން ދެމުންދިޔަ ހިދުމަތްތައް އެލްޖީއޭއަށް މަތިކޮށްފައިވާއިރު، ފިނޭންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކައުންސިލްތަކުގެ ނިޒާމު އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި