Wednesday, 9 September 2026
Ads by

އީރާން ހަނގުރާމަ ”ނިންމާލައިފި“ ކަމަށް ކޮންގްރެސް އަށް ޓްރަމްޕު ރަސްމީކޮށް އަންގައިފި

އީރާން ހަނގުރާމަ ”ނިންމާލައިފި“ ކަމަށް ކޮންގްރެސް އަށް ޓްރަމްޕު ރަސްމީކޮށް އަންގައިފި

އެމެރިކާގެ ’ވޯ ޕަވަރސް އެކްޓް އޮފް 1973‘ ދަށުން، ކުރިމަތިވެދާނެ ”ކުއްލި ނުރައްކަލަކަށް“ ރައްދުދިނުމުގެ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދެވޭ 60 ދުވަހުގެ މުއްދަތު ހަމަވުމުން މިހާރު އީރާނާއިއެކު އެއްބަސްވެވިފައިވާ ވަޤުތީ ހަނގުރާމަ މަޑުޖައްސާލުމުގެ އެއްބަސްވުމާއިއެކު ހަނގުރާމައެއް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އެމެރިކާ ކޮންގްރެސް އަށް ފޮނުވި ސިޓީއެއްގައި ބުނެފިއެވެ.

Ad Image
Ads by

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ފޮނުވި ސިޓީގައި މާނަކޮށްފައިވާ ގޮތައް ބަލާއިރު އެމެރިކާ ސިފައިން ހަނގުރާމައަށް ރުކުރުވާލުމަށާއި އިތުރަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ރުހުން ބޭނުމެއް ނުވާނެއެވެ.

މިއާއެކު ޓްރަމްޕު ވަނީ ”އެމީހުން އެ އެދެނީ އަހަރެންނަށް އެއްބަސް ނުވެވޭނޭ ކަންތައްތަކަށް“ ކަމަށް ބުނެ އީރާނުން އެންމެ ފަހުން ހުށަހަޅާފައިވާ ސުލްހައިގެ އެއްބަސްވުމަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ޓްރަމްޕު ވަނީ ހަމަނުޖެހުންތައް އަވަސް މުސްތަގުބަލެއްގައި ނިމޭނެކަމަށް ލަފާ ނުކުރެވޭނަމަށްވެސް އިޝާރާތްކޮށްފައެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕުގެ މި ސިޓީއަކީ އެމެރިކާ ކޮންގްރެސްގެ ރުހުން ހޯދުމަށް ޤާނޫނު ލާޒިމުކުރާ ކުރުމުން ސަލާމަތްވެ، ކުރިއެކޭވެސް އެއްގޮތަށް ހަނގުރާމައިގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރަމްޕު ހޯދި ޤާނޫނީ ’ލޫޕް ހޯލް‘ އެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި