Wednesday, 9 September 2026
Ads by

ހިއްސާއަކަށް 85 ރުފިޔާ ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި

ހިއްސާއަކަށް 85 ރުފިޔާ ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--- ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ 2025 ވަނަ އަހަރު ލިބުނު ސާފު ފައިދާއިން، ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

Ad Image
Ads by

މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯއިން ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު ހިއްސާގެ ފައިދާއެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު، އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ރޭޓުން ބަހާފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ތިން ރުފިޔާގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 77 ރުފިޔާއެވެ.

މި އަހަރު ހިއްސާއަކަށް ބެހި 85 ރުފިޔާއަކީ މިދިޔަ އަހަރާއި އަޅައިބަލާއިރު ހިއްސާއަކަށް ފަސް ރުފިޔާގެ އިތުރުވުމެކެވެ. ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ އަގުލަބިއްޔަތުން އެކަން ފާސްކުރުމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިންގ ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ 2025 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން އެ ކުންފުންޏަށް 15.5 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. މީގެ އިތުރުން ސަބްސިޑަރީތަކާ އެކު މުޅި ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެސްޓީއޯއަށް އެކަނި ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި