މާލޭގެ މަގެއްގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by Midnight Munch MV
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެ ޢަމަލު ހިންގި މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.