Ads by
ޚަބަރު
މާރިޔާގެ ފާޑުކިޔުން، މުއިއްޒު މިނިސްޓަރ ކަމުގައިހުރެ ހިންގި މަޝްރޫއުތަކަށް

ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މާލޭގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Eki Online

“އުފާވެރި މާލެ” ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި މާރިޔާގެ ވާހަކަ ބޮޑަށް ބިނާ ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށެވެ. އަދި މުއިއްޒުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކަށް ފާޑުވިދާޅުވެ މާރިޔާ ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން މާރިޔާ ވިދާޅުވީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މުއިއްޒު މާލޭގައި ހިންގާފައިވާ ޖަރީމާތައް މާލޭ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެގޮތުން މާރިޔާ ވަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު މާލޭގައި ތަރައްގީ ކުރި ރަސްފަންނު ބީޗަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މޮޅު އިންޖީނިއަރެކޭ ބުނެ ދެކުނުފަރާތުގައި ނެރެއް ކަނޑާ ހިނގި އެކްސިޑެންޓަށް ޒިންމާވާން ޖެހޭނީ މުއިއްޒު ކަމަށާއި، ގުޅީފަޅުގެ ފްލެޓްތަކުގެ އަހުލުވެރިން، އެސްއޯ ފުލުހުން ލައްވާ ބޭލީ މުއިއްޒު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

“ޒަމާނީ ހައުސިން ކަމަށް ވިދާޅުވެ، ނުއަގުގައި ދިން ހިޔާ ފުލެޓުތައް ދިނުމަކީ ގެއްލުމެއް، މުއިއްޒު ހިންގި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނު، ކަދުރު ރުށްތައް މިލާ މޯޅިވެއްޖެ” މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މާލެއާއި ބައެއް ރަށްރަށުގެ ޕްލޭނިންގްތައް ގޯސްކޮށް ކުރިކަމަށާއި އެކަންކަމަށް ޑރ. މުއިއްޒު ޒިންމާ ނަންގަވަން ޖެހޭނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އަދި މާލޭގެ ރައްޔިތަކު މަރުވުމުން ޖަނާޒާ ބޭއްވޭނެ ގޮތަށް ހުރަސް އަޅައި، އާސަރަހާ ބަންދުކޮށް ހުޅުމާލެއަށް ބަދަލު ކުރީ މުއިއްޒު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ވޯޓުލާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *