Sunday, 26 July 2026
Ads by

މީކާއިލް ގަފޫރަށް: ވަކި ފަރާތްތަކަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚާ ނުކުޅުއްވާ!

މީކާއިލް ގަފޫރަށް: ވަކި ފަރާތްތަކަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚާ ނުކުޅުއްވާ!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު އެ ޕާޓީގެ އިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad Image
Ads by

މީކާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ޗެއާޕާސަން އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާގެ އިތުރުން އެ ޕާޓީގެ އެއްވެސް އާންމު މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަންވާނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ރަސްމީ ތާވަލާ އެއްގޮތަށް ކަމަށް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.

މީގެ އިތުރުން، ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚާ ”ނުކުޅުއްވުމަށް“ މީކާއިލް ވަނީ ޕާޓީގެ އިސް ފަރާތްތަކަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބާ ގުޅޭގޮތުން ޕާޓީގެ ކަމާބެހޭ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިހްތިރާމް ކުރަންޖެހޭނެއެވެ.

އިންތިޚާބާ ގުޅޭގޮތުން އޭނާގެ ތައްޔާރީތަކަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، އޭނާ އާއި އޭނާގެ ޓީމު މިހާރުވެސް ތިބީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން މިފަދަ ބަހުސްތަކެއް އުފެދިފައި މިވަނީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށް ވިދާޅުވެ، އެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީގެ ފަހުން ބޭއްވުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އެޕާޓީގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި