Monday, 28 April 2025
Ads by

ރައީސުލްޖުމްހޫރިއްޔާ ގއ. ކޮނޑޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ގއ. ކޮނޑޭ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުންއޮތީ ގއ. ކޮނޑޭ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު އިތުރަށް ބޮޑުކުރަން ބޭނުންވާކަމަށާއި ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝާން އިމާރާތުގެ މަސައްކަތް ކުރިޔަށްގެންގޮސް ކުދި ޓެސްޓްތައް ހެދޭވަރަށް ލެބޯޓްރީގެ ޚިދުމަތް ތަރައްޤީކުރުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ކަރަންޓް ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މިކަންކަމުގެ އިތުރުން، ފެނާ ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން އެދޭ ބަދަލުތަކާއި ރަށުގެ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު އިތުރުކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދަނޑުވެރިކަން ޤައުމީ ފެންވަރެއްގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެމަސައްކަތް ކުރުމުގައި ރާއްޖޭގައި އެމަސައްކަތް ކުރެވޭނެ ބިން އޮތް ރަށްރަށަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވިއެވެ. ހަމަ ހަމައެއާއެކު ލޯކަލް ޓުއަރިޒަމް ސިންދަފާތުކޮށް އެކިދާއިރާއަށް އަމާޒުކޮށް ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ސަމާލުކަންދެއްވައިގެން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
301919558_744290333330025_6947892610415027186_n
ފިލްމު އެސޯސިއޭޝަނަށް ޗެއާޕާސަނަކަށް އެކްޓަރު މުއާ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
301919558_744290333330025_6947892610415027186_n
ފިލްމު އެސޯސިއޭޝަނަށް ޗެއާޕާސަނަކަށް އެކްޓަރު މުއާ