ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އދ. ފެންފުށީގައި ތަރައްގީކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް މެކުހަށް ޖަހާލައިފިއެވެ.
އާރްޑީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފެންފުށީގައި ތަރައްގީކުރާ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރޫފް ބީމްގެ މަސައްކަތް ކަމަށެވެ.
މިއީ އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތަކެއް މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކުގެ އިތުރުން މަގު ހެދުމާއި، ހޮސްޕިޓަލްތައް ތަރައްގީކުރުމާއި އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުން ހިމެނެއެވެ.









