Sunday, 26 July 2026
Ads by

ރުހުން ދިނުމަށްފަހު، އެ އެދެނީ މާފަށް، އެމްޑީޕީއަށްވެސް ހުތުރު!

ރުހުން ދިނުމަށްފަހު، އެ އެދެނީ މާފަށް، އެމްޑީޕީއަށްވެސް ހުތުރު!

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން 8 މެންބަރަކު ބުދަ ދުވަހުގެ މަޖްލީހުގެ ޖަލްސާގައި ވޯޓު ދެއްވުމުން، އެ ޕާޓީގެ އާންމު މެންބަރުންގެ ފާޑުކިޔުމާއެކު މައްސަލަ ހޫނުވުމުން ވޯޓު ދެއްވި ބައެއް މެންބަރުން މާފަށް އެދެން ފަށައިފިއެވެ.

Ad Image
Ads by

ހޯމް މިނިސްޓަރު އިހްސާނަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓުދީފައިވާ އަށް މެންބަރުންނަކީ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރުގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީއެވެ.

ރުހުން ނުދިން އެމްޑީޕީގެ މެންބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރާ މީކާއިލް ނަސީމާއި  ހުސައިން ޒިޔާ،ދު ފިއްޓޭއެވެ. ދެ މެންބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

އިއްޔެ ވޯޓުލީ ގޮތާ މެދު މާފަށް އެދިވަޑައިގެން ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ޕޯސްޓު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

ޝަމްހީދު ވިދާޅުވީ،  އިހުސާނާއި އެހެން ބައެއް މިނިސްޓަރުންނަށް ރުހުން ދިނުމަކީ ރަނގަޅަށް ނިންމުނު ނިންމުމެއް ނޫން ކަމަށެވެ.

”އަޅުގަނޑު ފުރިހަމައަށް ޒިންމާ އުފުލަން އަދި މައާފަށް އެދެން،“ އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝަަމްހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރު ކުޑޫވެސް ވަނީ، ރުހުން ދޭން ވޯޓު ދެވުނީ އެކަމާ މެދު ފުންކޮށް ނުވިސްނާ ކަމަށާއި އެކަމަށްޓަކައި އެމްޑީޕީގެ މެންބަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

.“…އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އަޅުގަނޑަށް ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރަމެވެ. އެއީ އަޅުގަނޑު ތާއީދު ކުރާތީ ދިން ވޯޓެއް ނޫނެވެ،“ ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވަނީ އެފަދަ ކަމެއް ދެން އޭނާގެ ފަރާތުން ތަކުރާރުނުވާނެކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިނިސްޓަރު އިހްސާނަށް ރުހުންދިނުމަށްފަހު ޕާޓީގެ ތެރޭގައި ހޫނުވެ ”ބަޑިޖައްސާ“ ހިސާބަށް ކަންކަން ދިއުމުން މައާފަށް އެދުނަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރުހުން ދިނީވެސް އެ މެންބަރުންގެ އަމިއްލަ އިހްތިޔާރުގައި ކަމެވެ.

ރުހުން ދިނުމަށް ފަހު، އެއް ދުވަސްވެސް ނުވަނީސް އެކަން އުނބަށް ޖެހުމުން މިއަދު އެ މެންބަރުންނަށް އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އޮތް އިތުބާރުވެސް ވަނީ ކުޑަވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި