Saturday, 24 October 2026
Ads by

ކަންބޮޑުވުންތައް ބަލައިގަންނަން، މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން: މިފްކޯ

ކަންބޮޑުވުންތައް ބަލައިގަންނަން، މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން: މިފްކޯ

މިފްކޯއިން މަސްކިރުމަށް ގެނައި ބޯޓެއް: މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން ކަމަށް މިފްކޯއިން ވަނީ ބުނެފައި - ފޮޓޯ:މިފްކޯ

މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނީ މަސްވެރިންނާ ގުޅިގެން ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

Ad Image
Ads by

މިފްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސްގައި އެ ކުންފުނީގެ ސީއީއޯ އާއި މެނޭޖްމަންޓް ޓީމުން މަސްވެރިންނާ ބައްދަލުކޮށް އެ މީހުންގެ އުދާސްތަކާއި ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ. މަސްވެރިން ތަހައްމަލުކުރަމުންދާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯގެ މެނޭޖްމެންޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

”މި ބައްދަލުވުމުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓެވި ގާތްކަން ނުހަނު އުފަލާ އެކު ބަލައިގަންނަމެވެ،“ މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބުނެފައި ވަނީ މަސްއޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާ ބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭ ގޮތަށް ގުޅިގެން، އެ ކުންފުނީގެ މެނޭޖްމަންޓް ޓީމުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާހަގަކުރި ފަދައިން މަސްވެރިންނަށް ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިއަށްދާ ކަން ވެސް މިފްކޯގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

”މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މި ކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށެވެ،“ މިފްކޯގެ ބަޔާނުގައިވެއެވެ.

މިފްކޯއިން ބަޔާނެއް ނެރުނުއިރު މަސްވެރިންނަށް ނުލިބި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެފައި ވަނީ މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވަމުން އަންނަ ކަމުގައެވެ. އަދި ބާކީ އޮންނަ 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި