Sunday, 26 July 2026
Ads by

އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ޙަމަލާދީ 9 މީހުން ޤަތުލުކޮށްލައިފި

އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ޙަމަލާދީ 9 މީހުން ޤަތުލުކޮށްލައިފި

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ދަނީ ލުބުނާނުގެ ދެކުނުގައި ހުރި އިމާރާތްތަކާއި ގެދޮރު ތަޅާލައި ސުންނާފަތިކުރަމުންނެވެ. [އޭ.އެފް.ޕީ]

އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ހެއްބޮއްލާ އާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމާ ޚިލާފަށް، އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން 9 މީހުން މަރާލައިފިއެވެ. ލުބުނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޙަމަލާތައް ދީފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު 3 ހަފްތާއަށް ދަންމާލާފައި ވަނިކޮށެވެ.

Ad Image
Ads by

ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮމުގެ ޙަމަލާ
މި ޙަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޢާންމުން ދިރިއުޅޭ ގެތަކަށެވެ. ޖެބްޗިޓް ސަރަޙައްދުގައި ދިރިއުޅޭ ޢިމާރާތަކަށް ދިން ޙަމަލާއެއްގައި 3 މީހުން މަރުވެ 7 މީހަކަށް އަނިޔާވިއެވެ. އަދި ޓޫލް ސަރަޙައްދުން 4 މީހުން މަރުވެ 6 މީހަކަށް އަނިޔާވިއިރު، ހާރޫފްގައި ގެޔަކަށް ދިން ޙަމަލާގައި 2 މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ވައިގެ ޙަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ދެ ޢާއިލާއެއް އެއްކޮށް ނެތިދިއުމާއި، ލުބުނާނު ސިފައިންގެ 2 މީހުންނާއި އަދި ޞިއްޙީ އެހީތެރިންގެ 3 މީހަކު ހިމެނެއެވެ. އަދި ކުޑަކުދިން ހިމެނޭހެން 70 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ބޮމުގެ ޙަމަލާތަކުގެ އިތުރުން، ދެކުނު ލުބުނާނުގެ 15 އަވަށަކުން މީހުން ފޭބުމަށް އިޒްރޭލު ސިފައިން ވަނީ އިންޒާރުދީފައެވެ.

ޣައްޒާގެ ޙާލު ޖައްސާނަން“ ކަމުގެ އިންޒާރު
މި ޙަމަލާތައް ފެށިފައިމިވަނީ، ދެކުނު ލުބުނާނަށްވެސް ”ޣައްޒާއަށް ޖެހުނު ޙާލު ޖައްސާނަން“ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރ އިސްރާއީލް ކާޓްޒް ދާދިފަހުން އިންޒާރުދީފައިވަނިކޮށެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އޫން ވަނީ އިޒްރޭލުގެ މި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭނާ ބުނީ، ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮއްވައިވެސް އިޒްރޭލުން ދަނީ ޢާންމުންގެ ގެތަކާއި އަޅުކަންކުރާ ތަންތަން ފުނޑުފުނޑުކުރަމުން ކަމަށެވެ. އަދި އިޒްރޭލުން ހިންގާ ޖަރީމާތައް ބެލުމަށް ބައިނަލްއަޤްވާމީ ކޮމިޓީއެއް އެކުލަވާލުމަށް ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީހް ބައްރީ ވަނީ ގޮވާލާފައެވެ.

މާރިޗު 2 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގައި އިޒްރޭލުގެ ޙަމަލާތަކުގައި ލުބުނާނުން މިހާތަނަށް 2,570 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި