Sunday, 26 July 2026
Ads by

ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް: އެސްޓީއޯ

ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް: އެސްޓީއޯ

ފޮޓޯ: ޕީއެސްއެމް

އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގައި އެސްޓީއޯއިން ބުނެފިއެވެ.

Ad Image
Ads by

އެސްޓީއޯ އިން މިހެން ބުނެފައި މިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް، ރާއްޖެ ނުހިނެމެނޭހެން 6 ގައުމަކަށް ކޯޓާ ދޫކޮށްފައިވާކަމަށް އިންޑިއާގެ ލޯކަލް ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން، ރާއްޖެއަށް ފިޔާ ލިބުމުގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއި ގުޅިގެންނެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެއެވެ.

އިންޑިއާގެ ލޯކަން ނޫސްތަކުގައ ރިިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުން ކޯޓާ ދޭނެ ގައުމުތައް ނިންމާފައިވަނީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ލަފާގެ މަތިންކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަހްރެއިން އަދި މޮރިޝަސްއަށް ފިޔާ އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން މިހާރުވަނީ ވަނީ ފެހި ސިގްނަލް ދީފައެވެ. އަދި މިފިޔަވަޅަކީ މީގެ ކުރިން ފިޔާގެ ވިޔަފާރީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

އެސްޓީއޯ އިން މިއަދު ބުނެފައިވަނީ އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯ އިން ”ސްޓޭބަލް ސަޕްލައި“އެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ. ފާއިތުވި 2 މަހު ބާޒާރުގެ އަގުތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދަށަށްދާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެސްޓީއޯ އިން އިތުރަށް ބުނެފައިވެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި