Wednesday, 9 September 2026
Ads by

ޤަޛުފުކުރުން ނޯމަލައިޒް ނުކުރޭ، މީސްތަކުންގެ އަބުރަކީ ދީނުގައި ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެއް: ޝެއިޚް ޝަފީޢު

ޤަޛުފުކުރުން ނޯމަލައިޒް ނުކުރޭ، މީސްތަކުންގެ އަބުރަކީ ދީނުގައި ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެއް: ޝެއިޚް ޝަފީޢު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަފީޢު ޢަބްދުﷲ---

މީސްތަކުންގެ އަބުރަކީ އިސްލާމްދީނުގައި ހުރުމަތްތެރިކުރައްވާފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ޤަޛުފުކުރުމަކީ އާދައިގެ ކަމެއްކަމަށް ދެކިގެން އެކަން ނުކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝެއިޚް ޝަފީޢު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޝެއިޚް ވިދާޅުވީ، އިސްލާމީ މުޖުތަމައެއްގައި ބޭނުންހައި އިރަކު ބޭނުންހައި ބައެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު ނޭޅުވޭނެ ކަމަށާއި އެކަމަށް ކިޔަނީ ޤަަޛުފުކުރުން ކަމަށެވެ.

ޝެއިޚް ވިދާޅުވީ، މީހެއްގެ މައްޗަށް ޤަޛުފުކޮށްފިނަމަ އެކަމުގެ މައްޗަށް ހަތަރު ހެކިން ހުށަހަޅަންޖެހޭނެ ކަމަށެވެ. އެކަން ނުވެއްޖެނަމަ ޤަޛުފުގެ ހައްދު އެ މީހެއްގެ މައްޗަށް އަންނާނެކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ އެފަދަ މީހެއްގެ ގައިގައި 80 އެތިފަހަރުން ހައްދުޖެހުމާއިއެކު އެ މީހެއްގެ ހެކިބަސް ޝަރުއީ ކޯޓުތަކުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.

އަދި ތައުބާ ނުވާހާ ހިނދަކު އެފަދަ މީހަކީ ފާސިގެއް ކަމަށާއި އަދުލުވެރިއެއް ނޫން ކަމަށް ކަނޑައެޅިގެންދާނެ ކަމަށްވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، އިސްލާމްދީނުގައި މި ހުރިހާ ކަމެއް މި ގޮތަށް ކަނޑައަޅުއްވާފައި އޮންނަނީ މީހުންގެ އަބުރާއި އިއްޒަތަކީ މާތްﷲ ހުރުމަތްތެރިކުރައްވައިފައިވާ އެއްޗަކަށް ވާތީ ކަމަށެވެ. އެހެންކަމުން ޤަޛުފުކުރުމަކީ ވަރަށް އާދައިގެ ކުޑަކަމެއް ކަމުގައި ދެކިގެން އެކަން  ”ނޯމަލައިޒް“ ނުކުރުމަށް ޝެއިޚް ވަނީ އެދިވަޑައިގެންފައެވެ.

ޤަޛުފުކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ، ހައްދު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ. ނަމަވެސް މިހާރަކަށް އައިސް މިއީ ވަރަށް އާދައިގެ ކުޑަކަމެއް ކަމަށް ދެކިގެން ގިނަ ބަޔަކު އަންނަނީ މިކަން ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު