Sunday, 9 February 2025
Ads by

އިންތިޚާބަކާ ނުލާ އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އިންތިޚާބަކާ ނުލާ އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ލިބިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ:އެމްޑީޕީ

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަމައެކަނި ފަރާތަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވުމުން، އިންތިޚާބަކާ ނުލާ އެ މަޤާމު އޭނާއަށް ލިބިވަޑައިގެންފިއެވެ.

Ad Image
Ads by MN Maldives

ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އެފަހުން އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހަމަޖައްސާފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލި ފުރުސަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވިއިރު، މަޤާމަށް ކުރިމަތިލައްވާފައިވަނީ ޝާހިދު އެކަންޏެވެ. އެހެންކަމުން އިންތިޚާބަކާ ނުލާ އެ މަޤާމަށް ޝާހިދު ހޮވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ޝާހިދަށް އެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގެ ޒިންމާ އާ ހަވާލުވެވަޑައިގަންނަވަނީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ،” – އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދުގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޑީއާރުޕީންނެވެ. އެ ޕާޓީ ދޫކުރައްވާ އޭނާ އެމްޑީޕީ އާ ގުޅިވަޑައިގެންފައި ވަނީ 2013 ވަނަ އަހަރުގެ އެޕްރީލްމަހުއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި އިބްރާހިމް އިސްމާއިލާއި ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ހިމެނިވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
gasim muizzu
ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި: ޤާސިމް
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
gasim muizzu
ރާއްޖެއަކީ ބަސް ބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވައިފި: ޤާސިމް
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ