Saturday, 24 October 2026
Ads by

މީޑިއާތައް ދަފްތަރުގައި ޖެހުމަށް 6 މަސްދުވަހުގެ މުއްދަތެއް

މީޑިއާތައް ދަފްތަރުގައި ޖެހުމަށް 6 މަސްދުވަހުގެ މުއްދަތެއް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަންބޯޑު---

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ އާ ގަވާއިދުތަކާއިއެކު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކެއް އެ ކޮމިޝަނުގައި ރަޖިސްޓްރީކުރުމަށް ހަމަސްދުވަހުގެ މުއްދަތެއް ދީފިއެވެ.

Ad Image
Ads by

މީޑިއާތަކުން އަމަލުކުރަންޖެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް އަމަލުކުރަން ފެށީ އިއްޔެއެވެ. މި ގަވާއިދުގެ ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހެއެވެ. މި ޤަވާއިދުގައި އެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން ރަޖިސްޓްރީ އާ ކުރަން ހުށަހަޅަންޖެހެއެވެ. އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ނޫސް މަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެއެވެ.

މި ގަވާއިދު ގެޒެޓްކުރެވި ޝާއިއު ކުރުމުން ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާތަކެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ ރިކޯޑު އާކުރަންޖެހޭނެ ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ރިކޯޑު އާ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެއެވެ.

މީގެ އިތުރުން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ނަގާ ފީތަކާއި ބޭނުންވާނެ އެހެން މައުލޫމާތުތައް ވެސް އަލަށް ގެނެވުނު އިސްލާހުގައި ވަނީ ހިމަނައިފައެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ހުރިހާ ނޫސް މަޖައްލާތަކުން ވެސް ޖެހިގެން އަންނަ އަހަރުގެ ޖޫންގެ ކުރިން ނޫސް ހިންގި ގޮތުގެ އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އުސޫގައި ބަޔާންކޮށްފައިވާ ގޮތުގައި މި ރިޕޯޓް ހުށަނާޅާ މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި