Wednesday, 9 September 2026
Ads by

ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރާނީ ސައީދު

ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީން ވާދަކުރާނީ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ އަޙްމަދު ސަޢީދު، ކަމަށް އެޕާޓީން ނިންމައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ އަޙްމަދު ސަޢީދު، (ސޮޑާ) ކަމަށް އެޕާޓީން ނިންމައިފިއެވެ.

ޕީއެންސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ލީޑަރޝިޕުން ވަނީ މި ނިންމުން ނިންމެވިކަން ހާމަކުރައްވާފައެވެ.

އެޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިގޮތަށް ނިންމެވީ ސިނާންވެސް މިކަން އިއުލާނު ކުރައްވާފައިވުމާއެކު، އީސީން އިތުރު ކުރި މުއްދަތާއެކުވެސް އަލުން ޕްރައިމަރީއެއް ބާއްވާނެހާ ދުވަސް ނެތުމުން ކަމަށެވެ. އަދި ސައީދުވެސް މިކަމުގައި ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުން ހުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޕީއެންސީގެ ސަޕޯޓަރުންވެސް އެދެނީ ސައީދުއަށް ފުރުސަތު ދިނުމަށް ކަމަށާއި، އެއީ ޕާޓީއަށް މިވަގުތު އެގޮނޑި ކާމިޔާބު ކުރުމަށްޓަކާ އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި ސިނާންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަން ޝިޔާމް ހާމަކުރެއްވިއެވެ.

މި އިންތިޚާބުގައި ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހެޅި 2 ފަރާތުގެ މެދުގައި މީގެކުރިން ވަނީ ޕްރައިމަރީއެއް ބާއްވާފައެވެ. އެއީ މުޙައްމަދު ސިނާނު، ހުޅުދޫއާގެ، ސ. ހިތަދޫ އަދި އަޙްމަދު ސަޢީދު، ބަލީލް، ސ. ހިތަދޫ އެވެ. މި ދެ ބޭފުޅުންގެ ތެރެއިން ޓިކެޓް ކާމިޔާބު ކުރެއްވީ އެދާއިރާ ކުރިންވެސް ތަމްސީލު ކުރެއްވި ސިނާނުއެވެ.

މި އިންތިހާބުގައި ސަޢީދުގެ މައްޗަށް ސިނާން ކުރި ހޯއްދެވީ އެންމެ 27 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ސިނާނަށް 226 ވޯޓު ލިބިފައިވާއިރު ސަޢީދަށް ލިބިފައިވަނީ 199 ވޯޓެވެ. އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމުލަ 727 މީހުންނަށެވެ.ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ސިނާނެވެ.

ނަމަވެސް ސިނާން އާންމުކުރި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.

ސިނާން ވިދާޅުވީ، އެ ނިންމުން ނިންމި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީން ނުކުންނަ ކެނޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް އޭނާ ފުރިހަމަ ބައިވެރިވުމާއި އޭނާގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމަށެވެ.

ސިނާން ގެ ނިންމެވުމަށްފަހު ޕީއެންސީގެ ފަރާތުން މިވަނީ މިކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި