ހުޅުމާލެ އުތުރުދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒާޔާ ހުރީ މިވަގުތު ”ސިންގަލް“ (ހުސްކޮށް) ކަމަށާއި ބޭނުންވަނީ ”ކަޅުދިގު“ ފިރިހެނެއް ކަމަށް އޭނާ ބުނެފިއެވެ.
ޒާޔާ މިފަދައިން ބުނެފައިވަނީ ”އަދަދު“ ނޫހުން ގެނެސްދޭ ދޮޅު މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ.
ދޮޅުމިނެޓް ޕްރޮގްރާމްގެ ޕްރެޒެންޓަރ އަޒޫ ވަނީ ޒާޔާ މިވަގުތު ހުރީ ހުސްކޮށްތޯ ސުވާލުކޮށްފައެވެ. އަދި އެއީ ވަރަށް ގިނަކުދިން އެނގެން ބޭނުންވާ ކަމެއް ކަމަށްވެސް އަޒޫ ބުނެފައިވެއެވެ. އަޒޫ ކުރި ސުވާލަކަށް ޖަވާބު ދެމުން ޒާޔާ ބުނީ އޭނާ މިވަގުތު ”ސިންގަލް“ ކަމަށެވެ. އަދި ކަމުދަނީ ކަޅުދިގު ފިރިހެނުން ކަމަށާއި، ބައިވެރިޔާއަކީ ތެދުވެރި، އަދި އިހުތިރާމު ކުރާ ފިރިހެނަކަށް ވާން ޖެހޭނެ ކަމަށެވެ.
“ ޔާހް ސިންގަލް، ބޭނުންވާ ކަހަލަ ފިރިހެނެއް ގައިގަ ހުންނަން ބޭނުންވާ ސިފައަކީ، ވަރަށް ލޯޔަލް ވާންވާނެ، ދެން ކެއަރިން، ރެސްޕެކްޓްފުލް، އާހް ސަޕޯޓިވް.. ލުކްސް އަށް ބަލާއިރު، ޓޯލް ވާން ވާނެ، ދެން އެހާ ދޮންވެގެން ނުވާނެ, ދެން ވައިޑްކޮށް، އެހެން ތިބޭ ފިރިހެނުން“ ޒާޔާ ބުންޏެވެ.
ހަޔާތުގައި އެކަމަކަށްޓަކާ ހިތާމަކުރާ ނުވަތަ ނުކުރެވުނު ނަމައޭ ހިތައް އަރަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ޒާޔާ ބުނީ އޭނާގެ ކުރީގެ ފިރިމީހާއަށް ލިބުނު ދަރިންނާ އަޅާނުލެވި ދުރުގައި އުޅެން އިހުތިޔާރު ކުރެވުނު ކަމީ މިއަދު ރިގްރެޓް ކުރާ ކަމެއް ކަމަށެވެ.
ޒާޔާއަކީ ފުރަތަމަ ފިރިމީހާއަށް ލިބުނު 3 އަންހެން ދަރިން ބައްޕައަށް ދީފައި ދަރިންނާ އަޅާނުލާ އެހެން ކައިވެންޏެއް ކޮށް ދިރިއުޅޭ އަންހެނެއް ކަމަށް ބައެއް ފަރާތްތަކުން އަބަދުވެސް ތުހުމަތު ކުރެއެވެ. އަދި އޭރުގެ ފިރިމީހާއާ އަށް ބޭވަފާތެރިވީ މިދިޔަ ސަރުކާރުގެ އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އާއި ލޯބީގެ ގޮތުންގުޅި ކައިވެނި ކުރަން ނިންމި ހިސާބުން ކަމަށް އަޑު ފެތުރިފައިވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ކައިވެންޏެއްކޮށްގެން ހުރެ އާރުޑީސީއަށް ޒާޔާ ދިޔައީ ވަޒީފާގެ އިންޓަވިއުކަށް ކަމަށްވެއެވެ. ދެން ފެނުނީ އެމްޑީއާއި ކައިވެނީގެ ގޮތުން ގުޅުނު މަންޒަރެވެ. އެކައިވެންޏަށްވެސް 1 އަންހެން ދަރި ހުރެއެވެ.









