Ads by
ޚަބަރު
އެމްޕީއެލް އިން ދޫކޮށްފައިވާ އެޕާޓްމެންޓްތަކަށް ނަގާ މަހުފީ ކުޑަކޮށްފި
ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި އަޅާފައިވާ "ޕޯޓް ރެސިޑެންޓް" ގެ އެޕާޓްމެންޓްތައް - ފޮޓޯ:އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި އަޅާފައިވާ “ޕޯޓް ރެސިޑެންޓް” ގެ އެޕާޓްމެންޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ކުލި އެ ކުންފުނިން ކުޑަކޮށްފިއެވެ.

Ads by Eki Online

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ އެޕާޓުމަންޓުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރަން އެކުންފުނީގެ ބޯޑުން ނިންމީ މުވައްޒަފުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެމްޕީއެލުން ބުނީ 25 އަހަރު ދުވަހަށް ބަހާލުމުން ޑައުންޕޭމަންޓް ފައިސާ ދެއްކުމުގެ “އޮޕްޝަން 1” ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ) ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނީ 3،741.38 ރުފިޔާ ކަމަށާއި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީ) ގެ އެޕާޓްމަންޓަށް ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،872،94 ރުފިޔާ ކަމަށެވެ.

އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް، ޓައިޕް އޭއަށް މަހު ކުލީގެ ގޮތުގައި ބާކީ އޮންނަ 20 އަހަރު ދުވަހު ދައްކަން ޖެހޭނީ 4،061.54 ރުފިޔާ ކަމަށާއި ޓައިޕް ބީއަށް ދައްކަން ޖެހޭނީ 4،204.37 ރުފިޔާ ކަމަށް އެމްޕީއެލުން ބުނެއެވެ. އެ ކުންފުނިން ބުނީ ކުރިން އޮތްގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާ ނަމަ، ޓައިޕް އޭއަށް 4،585.16 ރުފިޔާ އަދި ޓައިޕް ބީއަށް 4،746 ރުފިޔާ މަހަކު ދައްކަން ޖެހޭނެ ކަމަށެވެ.

މި އޮޕްޝަންގައި 1+2 އެޕާޓްމަންޓުގެ ޓައިޕް އޭއަށް 7،015.08 ރުފިޔާ ދައްކަން ޖެހޭއިރު، ޓައިޕް ބީއަށް 7،182.60 ރުފިޔާ މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލުން ބުނެފައިވަނީ ބާކީ އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި ޓައިޕް އޭއަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 8،073.56 ރުފިޔާ ކަމަށާއި ޓައިޕް ބީއަށް ދައްކަން ޖެހޭނީ 8،260.45 ރުފިޔާ ކަމަށެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން “އޮޕްޝަން 2، 3 އަދި 4” ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް އެ އުސޫލުގެ ދަށުން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބޭނެ ކަމުގައެވެ.

ޕޯޓް ރެސިޑެންސްގެ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި މިދިޔަ މަހު ވަނީ ހަވާލުކުރަން ފަށާފައެވެ. އަދި މި އަހަރުގެ ނިޔަލަށް އެޕާޓްމަންޓުތަކަށް ކުލި ދައްކަން ނުޖެހޭގޮތަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *