Saturday, 24 October 2026
Ads by

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިން ކުރިމަތިލާންޖެހުނީ ނުއުފުލޭވަރުގެ ތަކުލީފުތަކާ: ޝުޖާއު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިން ކުރިމަތިލާންޖެހުނީ ނުއުފުލޭވަރުގެ ތަކުލީފުތަކާ: ޝުޖާއު

މެންބަރު ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިން ކުރިމަތިލާންޖެހުނީ ނުއުފުލޭވަރުގެ ތަކުލީފުތަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަސްވެރިންނާއި މެދު އިހުމާލުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާފައިވާ ކަމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުން ޝުޖާއު ފާހަގަކުރެއްވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް މަހުގެ އަގަށް ގެނައި ބަދަލެވެ. އެގޮތުން އެ ދުވަސްވަރު މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކަކަށް ބޮޑުކުރި ކަމަށާއި ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ”ބައި ރުފިޔާ“ ވެސް ކުރީ ސަރުކާރަށް ދެވިފައިނުވާ ކަމަށެވެ.

”2023 ގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމަނިކުފާނު ހެޔޮފުޅުކަން ކަމަށް ދައްކަންވެގެން މަސްވެރިންނަށް މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކކޮށް 20 ރުފިޔާއިން މަތިކޮށް މިކަހަލަ ޗަރުކޭސް ކުޅެމުން ދިޔައީ، އޭގެ ބޭނުމަކަށްވީ މަސްވެރިންގެ ވޯޓު ހޯދުން އެހެންނަމަވެސް ނަތީޖާއަކަށްވެގެން ދިޔައީ ބާނާ އެއްވެސް މަހަކަށް މަސްވެރިންނަކަށް ފައިސާއެއް ނުދެވޭ އެމްޑީޕީ ވެރިކަމުގައެއް،“ – މެންބަރު ޝުޖާއު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 900 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އެ ފައިސާ ވެސް މަސްވެރިންނާ ހަވާލުކޮށް ނިންމާފައިވާ ކަމަށެވެ.

މަސްވެރިންނަށް އެންމެ ގިނަ ކަންކަން ކޮށްދިނީ އެމްޑިޕީން ކަމަށް ބުނެ އެ ޕާޓީގެ އިސް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، 2023 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނި ގޭދޮށު މަސްފެކްޓްރީއެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފެންނަން ނެތް ކަމަށާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެޅުނު ޕްލެޓްފޯމެއް ވެސް ފެންނަން ނެތް ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އަދުގެ ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންނަށް ބޭނުންވާ ކަންކަން ވެސް ފަހިކޮށްދީގެން ކަމަށާއި އެގޮތުން މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ބާނާ މަހަށް ފައިސާ ނުލިބޭ މައްސަލަ ހައްލުކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި