Saturday, 24 October 2026
Ads by

ނައިބު ރައީސްގެ އިލްތިމާސް: ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރައްވާ!

ނައިބު ރައީސްގެ އިލްތިމާސް: ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރައްވާ!

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް---

ޒިންމާދާރުކަމާއެެކު ނޫސްވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ނޫސްވެރިންގެ ކިބައިން މިކަމަށް ނައިބު ރައީސް އެދިވަޑައިގެންފައިމިވަނީ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް ނޫސްވެރިންގެ ކިބައިން ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އަހުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަންޖެހޭނޭކަން ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ހަމައެހެންމެ، ނޫސްވެރިކަމުގައި އަހުލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާއި ގުޅިގެން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ގެންދަވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. މީގެ އިތުރުން އާންމުގެ ގިނަ ބަޔަކު ވެސް އަންނަނީ މި ޑޮކިއުމެންޓްރީ ޝާއިއުކުރުމުގައި ހަރަކާތްތެރިވި އެންމެންނާއި މެދު ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި