Saturday, 24 October 2026
Ads by

”އައިޝާ“ ޑޮކިއުމަންޓްރީގެ މައްސަލައިގައި އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި

”އައިޝާ“ ޑޮކިއުމަންޓްރީގެ މައްސަލައިގައި އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި

އައިޝަތު އީޝާ އަޝްރަފް--- ފޮޓޯ: ފޭސްބުކް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ދޮގު ތުހުމަތު އަޅުވައި ”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީީގެ މައްސަލައާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕޮލިޓިކަލް ޑިރެކްޓަރު އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Ad Image
Ads by

ހުސްވި މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ ”އަދަދު“ ނޫހުން ނެރުނު މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި މިކަމުގައި ޝާމިލުވި އެންމެންގެ މައްޗަށް ފިޔަވަޅު އަޅަން ފަށައިފައެވެ. އެގޮތުން ހުޅުމާލޭގައި އީޝާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުން އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފައިވަނީ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓްރީ ތައްޔާރުކުރުމުގައި އޭނާގެ ބައިވެރިވުން އޮތުމެވެ. މީގެ އިތުރުން އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން ފުލުހުންގެ ބަހެއް ހޯދައިލުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބުނުދެއްވާތީ ފުލުހުންގެ ބަހެއް ލިބޭގޮތް ވެފައިނުވި ނަމަވެސް، ސޯޝަލް މީޑިއާގައި އީޝާ ހިއްސާކޮށްފައިވާ ޕޯސްޓުތަކުން މިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ރޭގެ ވަގުތެއްގައި ވަނީ އަދަދު ނޫސް ހިންގާ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިންގ އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ތިން މަސްދުވަހަށް ހިފަހައްޓައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގައި އިންޓަރވިއުދިން އަންހެން މީހާ ވަނީ އޭނާއަކީ ޒިނޭ ކުރާ މީހެއްކަމަށް އެއްބަސްވެ، މިކަމުގައި އޭނާއަށް އާންމު ރައްޔިތުންގެ ސަޕޯޓު ބޭނުންވާ ކަމަށް ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ”އައިޝާ“ އަށް ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން ޒިނޭކުރާ މީހާއާއި ޤަޒުފުކުރާ މީހާގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ހައްދު އޭނާގެ މައްޗަށް ގާއިމުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި