Sunday, 26 July 2026
Ads by

ރައީސް ސޯލިހަށް ”ޒިނޭ“ގެ ތުހުމަތެއް ނުކުރަން، އެކަން ކުރީ ނަޝީދު: އަޒާން

ރައީސް ސޯލިހަށް ”ޒިނޭ“ގެ ތުހުމަތެއް ނުކުރަން، އެކަން ކުރީ ނަޝީދު: އަޒާން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒިނޭގެ ތުހުމަތު އޭނާ ނުކުރައްވާ ކަމަށާއި އެ ތުހުމަތު ރައީސް ސޯލިހަށް ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ”ދިޔަރެސް“ ނޫހުގެ އެއް ފައުންޑަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

”’އަދަދު’އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ“ ގެ ނަމުގައި ”ދައުރު“ ނޫހުގެ މޫސާ ލަތީފް ލިޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ރައީސް ސޯލިހަށް އަޒާން ”ޒިނޭ“ ގެ ތުހުމަތުކޮށްފައިވާ ކަމަށް ބުނެފައިވުމާއި އެކިއެކި ތުހުމަތުތައް އަޒާންއަށް ކޮށްފައިވުމާ ގުޅިގެން އަޒާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފުގެ ލިޔެފައިވާފަދަ އެއްވެސް ތުހުމަތެއް އެއްވެސް އިރަކު އޭނާ ރައީސް ސޯލިހަށް ނުކުރާ ކަމަށެވެ.

”އެ ދުވަހު ކުރި ސުވާލުގެ ވީޑިއޯ އަދިވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ އެބަހުރި. އަޅުގަނޑު ކުރި ސުވާލަކީ، ރައީސް ސޯލިހުގެ މައްޗަށް އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާފަދަ ކުށެއް ކުރުމުގެ ތުހުމަތު ރައީސް ނަޝީދު ކުރެއްވި އިރު ރައީސް ނަޝީދުގެ މައްސަލަ ނުބަލަނީ ކީއްވެތޯ. ކުރުކޮށް ބުނާނަމަ، ރައީސްގެ މައްޗަށް ރައީސް ނަޝީދު ގަޒްފުކޮށްފައިވާއިރު އެކަން ނުބަލަނީ ކީއްވެތޯ. އަޅުގަނޑު ނޫނީ ދިޔަރެސް ނޫހުން އަމިއްލައަކަށް އެއްވެސް ކަހަލަ ތުހުމަތެއްކޮށްފައި ނުވާނެ. މިއީ މިހާރު މިހިނގައިގެން އުޅޭ ކަންތަކާ، އެތައް ހާސްގުނަ ތަފާތުކަމެއް“ އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، މޫސާ ލަތީފަށް އެ ދުވަހު އެ މަޖިލީހުގައި ހުރެ، ދިވެހި ބަހުން ކުރި ސުވާލެއް ފަހުމް ނުވުމަކީ ހިތާމަކުރާކަމެއް ކަމަށެވެ.

އަޒާން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ތަފާތު ދޮގު ތުހުމަތުތައްކޮށް އޭނާ ތިން ފަހަރު ފުލުހަށް ހާޒިރު ކުރި ކަމަށާއި ކޯޓު އަމުރެއް ނެތި، އޭނާގެ ފޯން ކޯލްތައް އަޑު އެހި ކަމަށެވެ.

”އަދި ބޭރު ގައުމެއްގެ އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދޭނެކަމަށް މީހަކު ޓުވީޓު ކުރުމުން، އެކަން ކުރީވެސް އަޅުގަނޑުގެ ސަބަބުން ކަމަށް ހަދާ ރާއްޖޭގެ ސަރުކާރުން އަދި އެމްޑީޕީން ބަޔާން ނެރެ އަޅުގަނޑާ އަޅުގަނޑުގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި. ކުރި ޓުވީޓަކާ ގުޅިގެން އަޅުގަނޑުމެންގެ ނޫހުގެ އެއް ހިއްސާދާރު އަދާކުރަމުން އައި ދައުލަތުގެ ވަޒީފާއިން ވަކިކުރި.“ އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން ދިޔަރެސްއަށް މާލީގޮތުން އެހީތެރިވަމުން ދިޔަ ކުންފުނިތަކަށް ބިރު ދެއްކި ކަމަށާއި އެ ހުރިހާ ކަމެއް ހިނގިއިރު، މޫސާ ލަތީފް ހުރީ ސަރުކާރުން ފައިސާ ނަގައިގެން ސަރުކާރުގެ ނެރޭޓިވް ޕްރޮމޯޓު ކުރުމަށް ކަމަށެވެ.

އަޒާން ވިދާޅުވީ، ސަރުކާރު ޒިންމާދާރުކުރަން 2018-2023 އަށް މޫސާ ލަތީފް ކުރި އެއްވެސް ކަމެއް ނެތް ކަމަށާއި 30 އަހަރު ދުވަހު ނޫސްވެރިކަން ކުރިއިރު، އޭގެ ބޮޑުބައި ހޭދަ ކުރީ ހުދުމުހުތާރު ވެރިކަމެއްގެ މޫނުމަތި އޮމާންކުރަން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި