Wednesday, 9 September 2026
Ads by

މަންދީ ޒުބައިރު އެމްޑީޕީގެ އިދާރީ ހުރިހާ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފި

މަންދީ ޒުބައިރު އެމްޑީޕީގެ އިދާރީ ހުރިހާ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފި

އެމްޑީޕީގެ ކުރިއަށް އޮތް އެތެރޭގެ އިންތިޚާބުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި، އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގެންފައިވާކަން އެޕާޓީގެ އިދާރީ ކަންކަމާއި ހަވާލުވެ ހުންނެވި މަރިޔަމް ޒުބައިރު (މަންދީ) އިޢުލާނު ކުރައްވައިފިއެވެ.

Ad Image
Ads by

މަންދީ މި ފިޔަވަޅު އަޅުއްވާފައިވަނީ އޭނާގެ ދަރިފުޅު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަހްމަދު ނަސީމް، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެންނެވެ. މަންދީ ވިދާޅުވީ، އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޕާޓީގެ ހުރިހާ ރަސްމީ އަދި އިދާރީ މަސައްކަތްތަކުން އޭނާ ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

https://twitter.com/MandhyZubair/status/2048973522761130246

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން މަންދީ ވިދާޅުވީ، އޭނާއަކީ އެއްވެސް އިރަކު ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރެއް ނޫން ކަމަށެވެ. އަދި އިންތިޚާބުގެ ޓައިމްލައިން ކަނޑައަޅައި ނިންމުމުގެ ކުރިންވެސް، މަސްލަހަތު ފުށުއަރާފާނެތީ މަސައްކަތްތަކުން ތަނާޒިލްވުމަށް ޗެއަރޕަރސަންގެ އަރިހުން އެދިވަޑައިގެންފައިވާނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މަންދީ ވިދާޅުވީ، އެމްޑީޕީ ސެކްރެޓޭރިއެޓްގެ ރަސްމީ އެކްސް (X) އެކައުންޓް ބޭނުންކުރުމުގެ ހުއްދަ ނުވަތަ އެކްސެސް އޭނާއަށް އޮންނަ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ އެކައުންޓުން އެއްވެސް ޕޯސްޓެއް އޭނާ ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

”އިންތިޚާބެއްގެ އެންމެ ބޮޑު އަސާސަކީ ނުފޫޒުން އެއްކިބާވެފައިވާ، އިންސާފުވެރި މާހައުލެއް އޮތުމެވެ. އެހެންކަމުން، ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ދެމެހެއްޓުމަށާއި، މުޅި ޕާޓީގެ މަސްލަހަތަށްޓަކައި މިއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ،“ މަންދީ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ވާދަވެރިކަން ބޮޑު އިންތިޚާބުތަކަކަށް ވާއިރު، އެޕާޓީގެ ކޮންމެ އިންތިޚާބެއްގައި ތަފާތު ފެކްޝަންތައް އުފެދި އެކަކު އަނެއްކެއްގެ އަބުރަށް އަރައިގަނެ ޒާތީ ފުރައްސާރަ ކުރުމަކީ އާންމުކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި