Saturday, 24 October 2026
Ads by

ހެކި ނެތި ރައީސަށް ”ޒިނޭ“ގެ ތުހުމަތުކުރުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ސީދާ ހަމަލާއެއް: މިނިސްޓަރު

ހެކި ނެތި ރައީސަށް ”ޒިނޭ“ގެ ތުހުމަތުކުރުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ސީދާ ހަމަލާއެއް: މިނިސްޓަރު

އެއްވެސް ހެއްކެއް ނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ”ޒިނޭ“ގެ ތުހުމަތުކުރުމަކީ ނޫސްވެރިކަންކުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ ރައީސަށް ދެއްވި ސީދާ ހަމަލާއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

މިނިސްޓަރު އިހުސާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓަރީ މައްސަލަ ފުލުހުން ބަލަމުން ދިއުމާއި ގުޅިގެންނެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ މައްޗަށް ގަޒުފުގެ ތުހުމަތުކޮށް  އަދަދުން ހަދާފައިވާ ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް، ވިދާޅުވެފައެވެ. އަދި މިކަމުގައި ދައުވާކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެއާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ޑޮކިއުމެންޓަރީ ތައްޔާރު އަދަދު ނޫހުގެ އޮފީސް ރޭގެ ވަގުތެއްގައި ބަލައިފާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓަރު އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާއެއްގެ މައި އޮފީސް ފާސްކުކޮށް ޖިނާއީ ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ފުރިހަމަ  ހައްގެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫންކަމަށާއި ވަކި ހުދޫދެއް ނެތި، މީހެއްގެ އިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްވެސް ހެއްކެއް ނެތި، ރައީސަށް ޒިނޭގެ ތުހުމަތުކުރުމަކީ ނޫސްވެރިކަން ގަބޫލެއް ނުކުރަން، އެކަމަކީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި އާއިލާއަށާއި އަދި އެމަނިކުފާނު ފުރުއްވާ މަގާމުގެ ހައިބަތަށް ދެވޭ ސީދާ ހަމަލާއެއް“ މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ފިތުނަ ފަސާދަ އުފެދުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރާއްވައި މިނިސްޓަރު ވިދާޅުވީ، ޑިމޮކްރެޓިކް ކޮންމެ ގައުމެއްގައިވެސް އަބުރު ކަތިލުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަދަދުގެ އޮފީސް ބަލައިފާސްކުރުމަކީ، ނޫސްވެރިކަމަށް ދޭ ހަމަލާއެއް ނޫން ކަމަށާއިއެއީ އާންމު ރައްޔިތެއް ނުވަތަ މިހާލަތުގައި ގައުމުގެ އެންމެ މަތީ ވެރިޔާގެ އަބުރު ރައްކާތެރިކުރުމަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަންކަން ތަންފީޒު ކުރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހަގީގީ ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޒިންމާދާރުކަމާއެކު، އެއްވެސް ފަރާތެއް، އަދި ނޫސް އިދާރާއެއްވެސް ގާނޫނަށްވުރެ މަތިން ނޯވެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރު ކަތިލާ ނޫސްވެރިކަމެއް ނޫން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި