Saturday, 24 October 2026
Ads by

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެންނަން މަޝްވަރާ ކުރާނަން: ސަޢީދު

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލުގެންނަން މަޝްވަރާ ކުރާނަން: ސަޢީދު

އިކޮނޮމިކް މިނިސްޓަރު ސަޢީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، ދަތުރުތަކުގެ އަގަށް ބަދަލު ގެންނާނީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާގެ މެންޑޭޓާއި ހަވާލުވުމަށްފަހު މި މައްސަލައިގައި ޑްރައިވަރުންގެ ފަރާތުން ސިޓީތައް ލިބިފައިވާ ކަމަށާއި ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލެއް ގެނެސްދިނުމަށް އެދި ޑްރައިވަރުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ގޮތެއް ނިންމުމުގެ ކުރިން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަންޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް ކެބިނެޓުގައި މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ސަޢީދު ވަނީ ޓެކްސީ ގަވާއިދާއި ދަތުރުފަތުރާ ގުޅޭ އެހެން ގަވާއިދުތައް ތަންފީޒުވުމުގެ މައްސަލައަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ގަވާއިދުގެ ތެރެއިން ކަމެއް ކުރަން ހިމެނިފައިވާނަމަ އެކަން ތަންފީޒުކުރަންޖެހޭ ކަމަށާއި ގޮންޖެހުންތަކެއް ހުރިނަމަ އެކަންކަން ވެސް ހައްލު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމަށް ދަތުރުފަތުރުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް ހުރިހާ ސިޓީތަކެއް ހިމެނޭހެން ހުރިހާ ސަރަހައްދަކުން ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް ބާއްވައި މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި