Saturday, 24 October 2026
Ads by

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ފަސްޓްލޭޑީ

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ފަސްޓްލޭޑީ

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ އަދަދު އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ ގައުމުގެ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް އައްޔަންކުރެއްވި ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ“ ކޮމިޓީ އިފްތިތާޙްކޮށްދެއްވުމަށް ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން، އެކަމަނާގެ ޝަރަފުގައި ފުލުހުންގެ އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ފުލުހުންގެ ތެރޭގައި އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ މުޖުތަމަޢުގެ އިތުބާރު އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވާނެ ކަމެއް ކަމަށެވެ. އަދި އަންހެނުން ހަމައެކަނި އިދާރީ މަސައްކަތްތަކުގައި ތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކާއި، ތަޙުޤީޤީ ދާއިރާ އަދި ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދިއުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ރާއްޖޭގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގައި އަންހެނުންގެ ނިސްބަތް މަތިވި ނަމަވެސް، ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، އެ އަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، އަންހެން އޮފިސަރުންނަށް ޢާއިލީ ޒިންމާތަކާއެކު ވަޒީފާގައި ދެމިތިބެވޭނެ ފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ“ ކޮމިޓީގެ އައު ލޯގޯ އިފްތިތާޙްކޮށްދެއްވައި، އެ ކޮމިޓީގެ ތިންވަނަ ދައުރުގެ މެންބަރުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ އެކަމަނާއަށް ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަނެއް ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އިސްވެރިންގެ އިތުރުން ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ގައުމުގެ އަމާންކަމުގެ މައިބަދަ ކަމަށާއި، ފުލުހުން އަދާކުރަނީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރާ މަތިވެރި ގައުމީ ޚިދުމަތެއްކަން ހަނދާންކޮށްދެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ