”އަދަދު“ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އުނިކަން އަންނަ ގޮތަށް ދޮގު ތުހުމަތުތަކެއްކޮށް އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި އަދަދުގެ އޮފީސް ބަލައި ފާސްކޮށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފަ އެވެ.
ފިޔާޒްގެ ފާސްޕޯޓު ހިފަހައްޓާފައިވަނީ ރެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26ގެ ނިޔަލަށެވެ.
އަދަދު ނޫހުން ގެެނެސްދިން އައިޝާ ޑޮކިއުމެންޓަރީގައި ރައީސަށް ވަނީ، ޒިނޭގެ ތުހުމަތުކޮށްފައެވެ. ނަމަވެސް ރައީސް ވަނީ އެކަން ދޮގުކުރައްވައި، އެ ޑޮކިއުމެންޓަރީ އާންމު ކުރި މީހުންނަށް ދައުވާކުރަން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ ގޮވާލައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަދަދު ނޫހަކީ މީގެ ކުރިންވެސް ރައީސްގެ އަބުރުފުޅު ކަތިލަން ޑޮކިއުމެންޓަރީއެއް އާންމުކުރި ނޫހެކެވެ. ނަމަވެސް އެ ޑޮކިއުމަންޓަރީވެސް ވައިގައި ނުހިފިއެވެ.
ރޭގެ ވަގުތެއްގައި އަދަދުގެ އޮފީސް ބަލައި ފާސްކޮށް ފުލުހުން ވަނީ ބައެއްް އިލެކްޓްރޯނިކް ސާމާނުވެސް ތަހުގީގުގެ ބޭނުމަށް ގެންގޮސްފައެވެ.













