Saturday, 24 October 2026
Ads by

2027 ވަނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބްރިޖު ނިންމައި ބޭނުންކުރަން ފެށޭނެ: މުއްޠަލިބް

2027 ވަނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބްރިޖު ނިންމައި ބޭނުންކުރަން ފެށޭނެ: މުއްޠަލިބް

ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިލަމާލެ ބްރިޖު ނިމޭނެ ތާރީހެއް ހާމަކޮށްދެއްވުމަށް އެދި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

ބްރިޖު ނިންމުން ލަސްވާ ސަބަބެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވީ، މާލެއާއި ވިލިމާލެ ގުޅޭ ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށްވުން ކަމަށެވެ. މީގެ އިތުރުން މަޝްރޫއު ކުރިއަށްގެންދާ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޮންސްއަކީ މީގެ ކުރިން އެފަދަ މަސައްކަތެއްކޮށްފައިވާ ބަޔަކަށް ނުވާތީ މަސައްކަތް އިތުރަށް ދަސްކުރުމަށް ވަގުތު ބޭނުންވި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން ކަނޑައަޅާފައި އޮތް މުއްދަތުގައި އަދި މިދިޔަ ސަރުކާރުން ނިންމޭނެ ކަމަށް ކަނޑައަޅައި އިތުރަށް 30 ދުވަސް ދިނީމަ ވެސް އެ 30 ދުވަސް މާޗް މަހަށް ހަމަވެގެން ދިޔައިރު ނުވި,“ – މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

އެފްކޮންސް ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފިނަމަ މަޝްރޫއު ހުއްޓިދާނެކަމުގެ ބިރު އޮތުމުން އަދިވެސް މަސައްކަތް ކުރަނީ ކޮންޓްރެކްޓަރަށް އިތުރު ވަގުތު ދީގެން ނަމަވެސް މަސައްކަތް ނިންމުމަށް ކަމަށް މިނިސްޓަރު މުއްޠަލިބް ވަނީ އިތުރަށް ވިދާޅުވެފައެވެ. މިނިސްޓަރު މި މޭރުމުން ވިދާޅުވެފައިވާއިރު ތިލަމާލެ ބްރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އަދިވެސް މަސައްކަތް ކުރިއަށްދާ މިންވަރު ލަސްކަމަށް ކަމާ ގުޅުން ހުރި ގިނަ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް، ލަސަވަމުންދިއުމަކީ އެކަމާ މެދު ސަރުކާރުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން މަސައްކަތް ނިންމުމަށް އިތުރު ވަގުތު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި