Wednesday, 9 September 2026
Ads by

ޓީނޭޖް ބަލިކޮށް ލޮރެންޒޯ އެއްވަނައަށް!

ޓީނޭޖް ބަލިކޮށް ލޮރެންޒޯ އެއްވަނައަށް!

ލޮރެންޒޯއާއި ޓީނޭޖް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ؛ ޕީއެސްއެމް

މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކްލަބް ޓީނޭޖްގެ މައްޗަށް ލޮރެންޒޯ ސްޕޯރޓްސް ކްލަބުން ކުރި ހޯދައިފިއެވެ.

Ad Image
Ads by

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ޓީނޭޖްގެ މައްޗަށް ލޮރެންޒޯ ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލޮރެންޒޯއަށް ވަނީ ދެވަނަ ޑިވިޝަނުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައެވެ.

މި މެޗުގައި މޮޅަށް ކުޅެ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިން ގޭމެއް ކުޅެފައިވަނީ ލޮރެންޒޯއިންނެވެ. މެޗުގައި ލޮރެންޒޯގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޙުސައިން ހަނާންއެވެ. މެޗުގެ 20 ވަނަ މިނެޓުގައި ހަނާން ޖެހި މި ލަނޑާއެކު ލޮރެންޒޯއިން ލީޑު ނަގާފައިވާއިރު، އޭގެ އަށެއްކަ މިނެޓުފަހުން ހަނާން ވަނީ އިތުރު ލަނޑެއް ޓީމަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ދެ ލަނޑުގެ ލީޑެއް އޮވެ، ދެވަނަ ހާފު ފަށައިގެން 10 މިނެޓުގެ ތެރޭގައި އެ ޓީމުން އަނެއްކާ ވެސް ވަނީ ތިންވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލްއެވެ.

މެޗުގައި ޓީނޭޖުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް އަނަސް އިބްރާޙީމް އައްބާސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ލޮރެންޒޯ ކުރީގައި އޮތްއިރު، މެޗުން ބަލިވި ޓީނޭޖް ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ނުލިބިއެވެ. ކުޅުނު ތިން މެޗުން ވެސް ޓީނޭޖް ވީ ބައްޔެވެ.

މުބާރާތުގައި ލޮރެންޒޯ ދެން ބައްދަލުކުރާނީ ޔުނައިޓެޑް ހެންވޭރިއަންސްއާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ. ޓީނޭޖު ދެން ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗުގައެވެ. މި މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި