Wednesday, 9 September 2026
Ads by

މަސްބޯޓަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން 241 ކޮމިޓީއަށް ހާޒު

މަސްބޯޓަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން 241 ކޮމިޓީއަށް ހާޒު

ދިވެހި ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ވެސް ހާޒިރުކުރަން ނިންމައިފިއެވެ.

Ad Image
Ads by

ޣައްސާން ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިގޮތުން އެ ކޮމިޓީން ވަނީ ޣައްސާން ކޮމިޓީއަށް ހާޒިރުކޮށް ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ނިންމާފައެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ޣައްސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް ނިންމާފައެވެ. މިގޮތަށް ހުށައަޅާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ތިން ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އަރާފައެވެ. މި ތިން ދޯންޏަކީ އަސުރުމާ 3، ނިރު 7 އަދި މާހޯރަ 3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ފަހުން، މިމަހުގެ 2 ވަނަ ދުވަހުވެސް އިންޑިއާ ސިފައިން ”މާހޯރަ 3″ ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރުން ވަނީ ހަތިޔާރުއެޅި އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަރައި، ދިވެހި މަސްވެރިންނާއި ކުރިމަތިލި މައްސަލާގައި، ކަން ހިނގައިދިޔަ ގޮތް ލިޔުމުން ފޮނުވުމަށް އިންޑިއާގައި އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި