Sunday, 26 July 2026
Ads by

ޒާތީ މައުލޫމާތު ހާމަކުރުން ގޯސް، އެކަން ކުރެވުނީ ތުހުމަތުތަކާއި ގުޅިގެން: ރައީސް

ޒާތީ މައުލޫމާތު ހާމަކުރުން ގޯސް، އެކަން ކުރެވުނީ ތުހުމަތުތަކާއި ގުޅިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން، އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޒާތީ މައުލޫމާތު ހޯމް މިނިސްޓަރު ޢަލީ އިޙްސާން ހާމަކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު ވެސް އެފަދަ ސީރިއަސް މައުލޫމާތެއް ހާމަކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރަން ހުދު އެމަނިކުފާނު ވެސް ބޭނުންފުޅު ނުވާ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް އެފަދަ ހައްސާސް މައުލޫމާތުތަކެއް ހާމަކުރަން މިނިސްޓަރު އިޙްސާނަށް ވެސް މަޖުބޫރުވީ މީސް މީޑިއާގައި ފެތުރެމުންދިޔަ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ކުއްޖާ ނިޔާވުމާ ގުޅިގެން ފުލުހުން އިހުމާލުވި ކަމަށާއި އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދިޔަކަން ރައީސް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކުގެ ސަބަބުން މައްސަލައިގައި އަމަލީ ގޮތުން ހަރަކާތްތެރިވި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ނުރައްކާވެ، ނަފްސާނީ ބޮޑު ޕްރެޝަރާ ކުރިމަތިލާންޖެހުނު ކަމަށާއި، އެހެންކަމުން ހަގީގީ ހާލަތު އޮޅުންފިލުވައިދިނުމަށްޓަކައި ކުރުކުރު މައުލޫމާތުކޮޅެއް ހިއްސާކުރަން މިނިސްޓަރަށް މަޖުބޫރުވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ހާދިސާއެއް ހިނގާއިރު މުއައްސަސާއަކުން ގޯހެއް ހެދިކަމަށް އެހައި އަވަހަށް ނިންމުމަކީ އޮންނަ އާދައަކަށް ބަދަލުވެފައިވާ ކަމަށާއި، އެކަން އޮތްގޮތް މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ ކަމަށެވެ. މިފަދަ ހައްސާސް މައްސަލަތަކުގައި މީޑިއާތަކުން ވެސް ވަކި މިންގަނޑުތަކަކަށް ތަބާވާކަން ފާހަގަކުރައްވަމުން، ރައީސް ވަނީ މުސްތަގުބަލުގައި މިފަދަ މައުލޫމާތުތައް ހާމަނުކޮށް ފަރުޖެއްސޭނެ ފަދަ މާހައުލެއް އޮތުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި