Monday, 22 July 2024
Ads by

ތުރުކީގައި ދިވެހި އެންބަސީއެއް ގާއިމްކުރައްވައިފި

ތުރުކީގައި ދިވެހި އެންބަސީއެއް ގާއިމްކުރައްވައިފި

ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ “ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ”ގެ ނަމުގައި އިދާރާއެއް އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންކަމަށެވެ. އަދި މި އީ ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.

ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި ރައީސް ވަނީ 22 މަސައްކަތެއް ހިމަނުއްވައިފައެވެ. އޭގެތެރޭގައި ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުންމާއި، ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރައްވާފައިވަނީ ތުރުކީއަށެވެ

މި ދަތުރުފުޅުގައި ތުރުކީގައި ތިބި ދިވެހިން ވަނީ އެ ޤައުމުގައި ދިވެހި އެމްބަސީއެއް ނެތުމުގެ ކަންބޮޑުވުން ރައީސްއަށް ހިއްސާކުރައްވާފައެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އެ ދަތުރުފުޅުގެ ތެރެއިން ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fayyaz4
ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
Ads by
މަގުބޫލު
report 1
ރައީސް ނަޝީދު އެމްޑީޕީން ވަކިވުން, ސިޔާސީ މަޝްރަޙަށް އައި އިންގިލާބީ ބޮޑު ބަދަލެއް!