Ads by
ޚަބަރު
ރައީސް ޞާލިޙްގެ އުފަން ރަށް ހިންނަވަރުން މެޖޯރިޓީ ހޯދުމަކީ ޗެލެންޖެއް: މުޢިއްޒު

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އުފަންރަށް ޅ. ހިންނަވަރުން މެޖޯރިޓީ ހޯދުމަކީ ޗެލެންޖެއްކަމަށް ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ހިންނަވަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ އެންމެ ބޭނުން ވަނީ އެރަށުން މެޖޯރިޓީ ނެގުން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ އުފަން ރަށުން މެޖޯރިޓީ ހޯދުމަކީ ގޮންޖެހުމެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަކީ ހަމައެކަނި ރައީސެއް ހޯދަން ނަގާ ވޯޓެއް ނޫން ކަމަށާއި ރަށްރަށުގެ އިތުރުން ގައުމުގެ އެންމެ މުހިންމު މައްސަލަތައް ހައްލުކުރުމަށް ނަގާ ވޯޓެއް ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު އޮތީ ރަނގަޅަށް ނޫން ކަމަށާއި ގައުމު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފަސް އަހަރު ނިމިގެން ދިޔަ އިރު ހިންނަވަރަށް ވެސް އެއްވެސް ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށާއި އެ ރަށަށް ދިމާވެފައިވާ ދަތިތަކުން ސަލާމަތްކޮށް ގިނަ މަޝްރޫޢޫތަކެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *