Ads by
ސިއްހަތު
އަވަހަށް ނިދިން ހޭލުމުގެ މުހިންމުކަން

ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންވާ ކަމެކެވެ.

Ads by Eki Online

މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ފައިދާ ކުރާނެއެވެ. އަދި އަމިއްލަ ނަފްސަށް ވަގުތު ދެވިގެންދާނެއެވެ.
އަވަހަށް ހޭލާ މީހުންވެސް ކަނޑައެޅިފައިވާ ވަގުތެއްގައި ނިދަން ޖެހެއެވެ. ހަށިގަނޑަށް މާ ބޮޑަށް ވަރުބަލިކަން އިހުސާސްވާ ނަމަ އަވަހަށް ނިދުން ބުއްދިވެރިއެވެ. އަވަހަށް ނިދުމަކީ ހަކަތަ އާއި މޫޑް ލެވެލް އިތުރުކޮށްދޭ ކަމެކެވެ.

ހަންގަނޑު ތާޒާކޮށް ޒުވާން ކޮށްލުމަށް ބިއުޓީ ސްލީޕް ބޭނުންވާކަން ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ހަގީގަތެކެވެ. ނިދި ނުލިބުން ނުވަތަ ނުރަނގަޅު ނިދުމުގެ ސައިކަލްތަކުގެ ސަބަބުން ފައިން ލައިން، ރިންކްލްސް، ޑާކް ސަރކަލްސް އަދި އެކްނީ އުފެދެއެވެ. ނިދާއިރު ހަމުގެ ސެލްތައް އަލުން އުފެދި، ޔޫވީ އަށް ލިބޭ ގެއްލުން ރަނގަޅުކޮށް ކޮލެޖަން އާއި ލޭ ދައުރުވުން އިތުރުކޮށްދެއެވެ.

އަމާޒަކަށްވާންޖެހޭނީ އަމިއްލަ ނަފްސަށް ބަރޯސާވެ،އަވަހަށް ނުދިމަށް ކޮންމެ ދުވަހަކުވެސް އަޒުމް ކަނޑައެޅުމެވެ. އަވަހަށް ހޭލެވުމަކީ އަމިއްލަ ނަފްސަށް ވުރެ ރަނގަޅު ވާޝަނަކަށް ވުމަށް މަގުފަހިކޮށްދޭ އާދައަކަށް ވެގެން ދެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *