Sunday, 25 October 2026
Ads by

ކަރަންޓު ބިލްގައި މައްސަލައެއް ހުރިނަމަ އެންގުމަށް ފެނަކައިން އެދިއްޖެ

ކަރަންޓު ބިލްގައި މައްސަލައެއް ހުރިނަމަ އެންގުމަށް ފެނަކައިން އެދިއްޖެ

ނިމިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރަސްމީ ބަޔާނެއް ނެރެ، ކަރަންޓު ބިލް ތައްޔާރުކޮށްފައިވަނީ ކަނޑައެޅިފައިވާ ޤަވައިދުތަކާ ޚިލާފަށް ނޫން ކަމަށް ހާމަކޮށްފިއެވެ.

Ad Image
Ads by

ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮންމެ މަހެއްގައިވެސް ކަރަންޓު ބިލް ތައްޔާރުކުރެވެނީ ކަނޑައެޅިފައިވާ ރިވިންގ ފަރާތްތަކެއް ލައްވައި ކަމަށާއި، ބިލަށް ގެންނަ ކޮންމެ ބަދަލެއްވެސް ގެންނަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބިލް ތައްޔާރުކުރުމުގައި ކުންފުނިން ޢަމަލުކުރަމުންދަނީ ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފެނަކައިން ވަނީ، ތައްޔާރުކޮށްފައިވާ ބިލެއްގައި މައްސަލައެއް ހުރި ކަމަށް ޝައްކު ކުރެވިއްޖެ ނަމަ، ކުންފުންޏަށް ރިޕޯޓްކުރުމަށް ގޮވާލައި، ބިލް ޗެކްކޮށްދިނުމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ހާމަކޮށްފައެވެ.

މީގެ އިތުރުން، ފެނަކައިން ވަނީ ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން، މާރިޗާއި، އޭޕްރީލް، އަދި މެއި މަހަކީ ކޮންމެ އަހަރެއްގައިވެސް ކަރަންޓު ބޭނުންކުރެވޭ މިންވަރު އެންމެ ގިނަ ދުވަސްވަރު ކަމަށްވާތީ، ކަރަންޓު ބޭނުންކުރެއްވުމުގައި ސަމާލުވެ ވަޑައިގެންނެވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި