Sunday, 26 July 2026
Ads by

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ 66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ހަދިޔާކޮށްފި

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ 66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ހަދިޔާކޮށްފި

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންޑީއެމްއޭ

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ 66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.

Ad Image
Ads by

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ”ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް“ ޕްރޮޖެކްޓްގެ ދަށުން، ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ގާތްގަނޑަކަށް 66 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ތަކެތި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެންޑީއެމްއޭއަށް މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމީކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަންއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ އަލިފާން ނިއްވާ 40 ޕަންޕާއި، 40 ފެންހިންދާ ޕަންޕް އަދި އެއާ ގުޅޭ އިތުރު އާލާތްތަކެވެ. މި މަޝްރޫޢަކީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

ޖަޕާނަކީ ރާއްޖެއަށް ދިމާވާ ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ބައިވެރިއެކެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު އެންޑީއެމްއޭ ބިނާކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާއިރު، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ހޯދުމަށް 89,900 ޑޮލަރުގެ އެހީއެއް ދިނުމަށް އެ ގައުމުން ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި