Wednesday, 9 September 2026
Ads by

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ ނަންބޯޑު--- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

Ad Image
Ads by

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 575 ވިޔަފާރިއަކަށް ޖުމުލަ 375 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ މައުލޫމާތުދީފައެވެ. އެގޮތުން ވަކިވަކި ދާއިރާތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވެސް އެސްއެމްއީ ޑިޖިޓަލްއިން ވާނީ އާންމުކޮށްފައެވެ. އެއީ:

  • ދަނޑުވެރިކަމަށް: 6 މިލިއަން ރުފިޔާ
  • ވިޔަފާރިތަކަށް: 116 މިލިއަން ރުފިޔާ
  • އިމާރާތްކުރުމަށް: 5 މިލިއަން ރުފިޔާ
  • މަސްވެރިކަމަށް: 102 މިލިއަން ރުފިޔާ
  • އިންފޮމޭޝަން ޓެކްނޮލޮޖީއަށް: 6 މިލިއަން ރުފިޔާ
  • އުފެއްދުންތެރިކަމަށް: 34 މިލިއަން ރުފިޔާ
  • ފަތުރުވެރިކަމަށް: 81 މިލިއަން ރުފިޔާ
  • ދަތުރުފަތުރަށް: 21 މިލިއަން ރުފިޔާ

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގއާއި ލޯނުގެ ފުރުސަތުތަކާއިއެކު އާ ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެފައިވާކަން ފާހަގަކުރަމުން އެ ކުންފުނިން ބުނެފައިވަނީ، މިކަމުގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްއިން ވަނީ، އަންހެން ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް މާލީ މިނިވަންކަން ކަށަވަރު ކޮށްދޭނެ ފައިނޭންސިންގ ސްކީމްތަކެއް ވެސް އެކުލަވާލައިފައެވެ.

އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަން ކޮށްފައިވަނީ، ހުރިހާ ސިނާއަތްތައް ހިމެނޭހެންނެވެ. އެހެންކަމުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދު ފަހަރާއި، މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި