Wednesday, 9 September 2026
Ads by

3 ރަށެއްގައި މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

3 ރަށެއްގައި މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މަރޮށި މަގުހެދުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަނީ--- ފޮޓޯ: އާރްޑީސީ

ށ. އަތޮޅުގެ 3 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

Ad Image
Ads by

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ށ. ކަނޑިތީމު، ށ. ގޮއިދޫގެ އިތުރުން ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ކަނޑިތީމުގެ މަގުހެދުމުގެ މަސައްކަތުގެ އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ކަނޑިތީމުގެ 7 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް ޖުމުލަ 76.4 މިލިއަން ރުފިޔާއަށް ހަރަދުވާއިރު، މަގުހެދުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

މަރޮށި މަގުހެދުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 8 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކުރެވިގެންދާނެއެވެ. މި މަޝްރޫއަށް ހޭދަވާނެކަމަށް ލަފާކުރެވެނީ 60.2 މިލިއަން ރުފިޔާއެވެ. މި މަސައްކަތަކީ ވެސް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މީގެ އިތުރުން ގޮއިދޫ މަގުހެދުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 10 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް ޖުމުލަ 72.6 މިލިޔަން ރުފިޔާ ހަރަދުވާއިރު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

މި 3 މަޝްރޫއުގެ ދަށުން މަގުގެ ދުވާރު ހެދުމާއި، މަގު ބައްތި ޖެހުމާއި ފެންހިނދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި