އިސްލާމީ ހަނގުރާމަވެރި ޖަމާޢަތް އަލްޤާޢިދާގެ ދަށުގައިވާ “ޖަމާޢަތު ނުޞްރަތިލް އިސްލާމް ވަލް މުސްލިމީން” އާއި އަޒަވާދު ހަތިޔާރުއެޅި ޖަމާޢަތްތައް ގުޅިގެން ވަނީ އިއްޔެ ހުޅަނގު އެފްރިކާގެ ޤައުމެއްކަމަށްވާ މާލީގެ އުތުރުގައި ސިޓީތަކަށާއި ޝަހަރުތަކަށް ރާވައިގެން ހަމަލާދޭން ފަށާފައެވެ.
އަލްޤާޢިދާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާބަދަލުކުރުން ތަކުގައި އެޖަމާޢަތާއި އަޒަވާދު ހަތިޔާރުއެޅި ޖަމާޢަތުން ވަނީ މޮޕްތީ އަދި ކީދަލް ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
މާލީގެ އުތުރުން އެކި ސަރަހައްދުތަކުގައި އަދިވެސް ހަމަލާ ބަދަލުކުރުންތައް ކުރިއަށް ދާއިރު މިއީ މިހާރު އެމެރިކާ އަދި އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާރުގަދަ ޤައުމުތައް މަޝްޣޫލުވެފައިވާ ދަނޑިވަޅެއްގެ ފައިދާ ނަގައި ދީފައިވާ ހަމަލާއެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.












