ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް، ރައީސް ޔާމިންގެ ވެރިކަމުގައު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ޝަހީރު އައްޔަންކޮށްފި އެވެ.
ޝަހީރު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޝަހީރު އެސްޓީއޯގައި 29 އަހަރު ޚިދުމަތް ކުރެެއްވިއެވެ. އެސްޓީއޯގެ އެމްޑީކަމުން ޝަހީރު އިސްތިއުފާ ދެއްވީ ނޮވެމްބަރު 15، 2018 ގައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދަރަނީގެ މައްސަލަ އެންމެ ބޮޑު ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ މުއާޒު މުހައްމަދު ރަޝީދެވެ.












