Sunday, 26 July 2026
Ads by

ކޭބަލްއަށް ގެއްލުމެއް ލިބިއްޖެނަމަ ސިއްރު ނުކޮށް އެކަން އަންގަން ސްޓެލްކޯއިން އެދިއްޖެ

ކޭބަލްއަށް ގެއްލުމެއް ލިބިއްޖެނަމަ ސިއްރު ނުކޮށް އެކަން އަންގަން ސްޓެލްކޯއިން އެދިއްޖެ

ސްޓެލްކޯގެ މައި އިދާރާ--- ފޮޓޯ: އެކި އެމްވީ

ބިންކޮނުމުގެ މަސައްކަތް ކުރާއިރު، ބިމުގެ އަޑީގައި ވަޅުލާފައިވާ ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުވާނޭހެން މަސައްކަތް ކުރުމަށާއި, އެފަދަ ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި އެކަން ސިއްރު ނުކޮށް ވީހާވެސް އަވަހަށް އެކަން އެންގުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

ހުޅުމާލެ ދެވަނަ ފިޔަވަހިން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައާއި ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަރަންޓު ކެނޑުމަށް މެދުވެރިވީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށެވެ. ކަރަންޓު ކެނޑުމާއެކު ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، އެ ސަރަހައްދުން ކަރަންޓު ކެނޑުނުކަން ފާހަގަކުރަމުން ސްޓެލްކޯއިން ބުނެފައިވަނީ، އެ ފަހަރު ކޭބަލަށް ލިބުނު ގެއްލުން ބެލުމަށް ފޯލްޓް ޑިޓެކްޓަރ ބޭނުންކޮށްގެން ކުރި މަސައްކަތުން، ކޭބަލްގެ އެހެން ދިމާލަކަށް މީގެ ކުރިން ގެއްލުން ލިބިފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުން އެ ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި