Sunday, 26 July 2026
Ads by

ޓްރަމްޕް ބައިވެރިވި ވައިޓް ހައުސްގެ ފަރިއްކޮޅުގެ ތެރެއިން ބަޑިޖެހި މީހާ ހައްޔަރުކޮށްފި

ޓްރަމްޕް ބައިވެރިވި ވައިޓް ހައުސްގެ ފަރިއްކޮޅުގެ ތެރެއިން ބަޑިޖެހި މީހާ ހައްޔަރުކޮށްފި

ވޮޝިންގޓަން، ޑީސީ: އެމެރިކާގެ ވޮޝިންގޓަން ޑީސީގެ ހޮޓަލެއްގައި ބޭއްވި ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންގެ އަހަރީ ފަރިއްކޮޅުގެ ތެރޭގައި ބަޑިޖަހައި، ސަލާމަތީ ފިޔަވަޅުތައް މުގުރާލަން އުޅުނު މީހަކު ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފަސްޓްލޭޑީ ވަނީ ވަގުތުން އެ ތަނުން ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި މި މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހަކީ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ކެލިފޯނިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ހައްޔަރުކުރި މީހާ ހުރީ ވަރަށް ބޮޑަށް ހަތިޔާރު އަޅައިގެން ކަމަށާއި، ބެލެވޭ ގޮތުގައި އޭނާ މި އަމަލު ހިންގީ އެކަނި ކަމަށެވެ. މި ހާދިސާގެ ތެރޭގައި ސަލާމަތީ ހިދުމަތުގެ އޭޖެންޓެއްގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށާއި، ނަމަވެސް އޭނާއަށް ލިބުނު އަނިޔާއިން ސަލާމަތްވެ ހާލު ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ. މަޢުލޫމާތުލިބޭގޮތުގައި އޭޖެންޓްހުރީ ބުލެޓް ޕްރޫފް ވެސްޓްލައިގެންނެވެ.

މި ހާދިސާއާ ގުޅިގެން މެދުކަނޑާލަން ޖެހުނު ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ފަރިއްކޮޅު، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަލުން ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ސަލާމަތީ ބާރުތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި